ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 20:11
ހޯމް މިނިސްޓަރު އިމްރާން ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ހޯމް މިނިސްޓަރު އިމްރާން ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ހޯމް މިނިސްޓްރީ
ހޯމް މިނިސްޓަރު އިމްރާން
މިނިސްޓަރ އިމްރާނު މާލޭ ޖަލުގެ ހާލަތު ބައްލަވާލައްވައިފި
 
ޖަލުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި
 
ޖާގަ އިތުރު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

މާލޭ ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގޮތުން، ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބުދަ ދުވަހު މާލެ ޖަލުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ޖަލަށް ކުރެއްވި ޒިޔާރަތުގައި އިމްރާން ވަނީ ޖަލުގެ ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވާ، ހާލަތު ރަނގަޅުކޮށް، ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މިނިސްޓަރ ޖަލަށް ކުރެއްވި ޒިޔާރަތުގައި ޖަލުތަކުގައި ތިބި ޤައިދީންނާއި، ވާހަކަދައްކަވާ ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށް ފަހު ޖަލުތަކުގެ ހާލަތު ރަނގަޅު ކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ކުރަންޖެހޭ ކަންކަން އަވަސްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނަށް ހޯމް މިނިސްޓަރު ވަނީ ލަފާދީފައެވެ.

ހޯމް މިނިސްޓަރު މާލެ ޖަލަށް ޒިޔާރާތް ކުރައްވާފައިވާއިރު، މާލެ ޖަލު ގައި ތިބި ގައިދީން 48 ގަޑިއިރު ތެރޭގައި ރައްކާތެރި މަހައުލަކަށް ބަދަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަރެކްޝަނަލް ސާވީސް އިން ވަނީ އަންގާރަ ދުވަހު އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
0%
0%
50%
0%
0%
ކޮމެންޓް