ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 20:13
ޗީފް އޮފް ޑިފެންސް ފޯރސް ޝަމާލް
ޗީފް އޮފް ޑިފެންސް ފޯރސް ޝަމާލް
ރާއްޖެއެމްވީ
ކެމިކަލް ގުދަނުގެ ބޮޑު އަލިފާން
އަލިފާނުގެ ހާދިސާގައި ސިފައިން ހަރަކާތްތެރިވި ގޮތާއިމެދު ފަހުރުވެރިވަން: ޝަމާލް
 
ސިފައިންނަށް ޝުކުރު ހައްގު
 
އެންމެ ފުރަތަމަ އެޓެންޑްވި ފަޔާ ވެހިކަލް ހަ މިނެޓުތެރޭގައި އެޓެންޑް ވެފައިވޭ

ހ. ތިލަފުށީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ސިފައިން ހަރަކާތްތެރިވި ގޮތާއިމެދު ފަހުރުވެރިވާކަމަށް ޗީފް އޮފް ޑިފެންސް ފޯރސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާގައި ސިފައިން ކުރި މަސައްކަތް ފާހަގަކޮށް، ޝަމާލް ވިދާޅުވީ އަލިފާނުގެ ހާދިސާގެ ކޯލު އެންމެ ފުރަތަމަ ލިބުނީ ގާތްގަނޑަކަށް 19:26 ހުގައި ކަމަށާއި އެންމެ ފުރަތަމަ އެޓެންޑްވި ފަޔާ ވެހިކަލް ހަ މިނެޓުތެރޭގައި އެޓެންޑް ވެފައިވާނެކަމަށެވެ. ޝަމާލް ވިދާޅުވީ އަލިފާންގަނޑު ނިއްވައިލެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއިއެކުގައި ކަމަށާއި އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ސިފައިންގެ ފަރާތުން ފެނިގެންދިޔައީ ފަހްރުވެރިވާން ހައްގު މަސައްކަތްތަކެއް ކަމަށާއި ހާއްސަކޮށް ފަޔާ ފައިޓަރުންގެ ފަރާތުން ފެނިގެންދިޔައީ ހިތްވަރުގަދަ ކަމުގެ ނަމޫނާއެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. މީގެ އިތުރުން ޝަމާލް ވިދާޅުވީ މި ހާދިސާގައި ސިފައިން މީހުން ސަލާމަތްކުރީ ބޮޑު ރިސްކަކާއިއެކުގައި ކަމަށާއި އެގޮތުން އަލިފާންގަނޑު ތެރެއިން ވަދެ، ތާށި ވެފައި ތިބި މީހުން ވަނީ ނެރެފައި ކަމަށެވެ.

މިއިން އިނގިގެންދަނީ ސިފައިންނަކީ މިކަހަލަ ކަންކަމުގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަން ޖެހުނު ކަމުގައި ވިޔަސް ފަސް ޖެހޭނެ ބަޔެއް ނޫން ކަމަށާއި އަދި މިހާދިސާގައި ރިޓަޔާ ކޮށްފައިވާ ސިފައިންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަ ގެއަށާއި ހަތަރު ގުދަނަށް ގެއްލުން ވެފައިވާއިރު އެ ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. ގެއްލުންވި ގޭތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެ ގޭތަކުގައި ދިރިއުޅުނު މީހުންނަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ދީފައިވާއިރު އަލުން އަނބުރާ ދިރިއުޅުން އިޔާދަވާން ދުވަސްކޮޅެއް ނަގާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް