ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 20:03
ފޮރިން މިނިސްޓަރު ޝާހިދު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ފޮރިން މިނިސްޓަރު ޝާހިދު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޓްވިޓަރ
އަބްދުﷲ ޝާހިދު
މޫސުމީ ބަދަލުތަކާއި ދެކޮޅަށް ޗައިނާއިން ކުރާ މަސައްކަތަށް ޝާހިދުގެ ތައުރީފް
 
ހުރިހާ ގައުމުތަކުން ތެދުވާން ޖެހޭ
 
ތައުރީފް ހައްގުކަމަށް ވިދާޅުވި

މޫސުމީ ބަދަލުތަކާއި ދެކޮޅަށް ޗައިނާއިންކުރާ މަސައްކަތަށް ތައުރީފް ހައްގު ކަމަށާއި، އެގައުމުން މިސާލު ނަގަން ޖެހޭ ކަަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އަށް އަހަރު ފަހުން ވެރިރަށް ބެއިޖިން އަށް ވަޑައިގެންނެވި އިރު ފެންނަނީ ސާފު ވައި އާއި ފެހިކަން ކަމަށެވެ. އަވިން ހަކަތަ އުފެއްދުމަށް ޗައިނާއިން ނެގި އިސްނެގުމަށް ތައުރީފް ކުރައްވަމުން ޝާހިދު ވިދާޅުވީ، މޫސުމާއި ދެކޮޅަށް ޗައިނާއިން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަގްވާމީ މުޖުތަމައު އިން މިސާލު ނަގަން ޖެހޭ ސިޔާސަތެއް ކަމަށެވެ.

ރާއްޖެއަކީ ދުނިޔޭގެ އެންމެ ތިރި ގައުމަކަށްވާއިރު، ކަނޑުގެ ލޮނުގަނޑު އުފުލިގެން ދިޔުމުގެ ބިރުވެރިކަން ރާއްޖެއަށް އަބަދުވެސް އޮންނަ ކަމަށާއި، ގައުމުގެ ރައްޔިތުން ދިރިއުޅެމުންދަނީ އެ ބިރުވެރިކަމުގައިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކުދި އަދި ބޮޑެތި ގައުމުތަކުން ގުޅިގެން އެފަދަ ބޮޑެތި ކާރިސާތަކުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރަން ޝާހިދު ވަނީ ގޮވައިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް