ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 16:45
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ލ. ގަން ހޮސްޕިޓަލާއެކު، އިތުރު ދެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފި
 
ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ނިއުވިންގ ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމަށް އެއްބަސްވެފައިވޭ
 
އެއްބަސްވުންތަކުގެ ދަށުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމަށް ހަވާލުކޮށްފައިވޭ

ތިން ރީޖަނަލް ހޮސްޕިޓަލެއްގެ ފެންވަރު ރަނގަޅުކުރުމަށް ހެލްތް މިނިސްޓްރީން އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ. އެއްބަސްވުމުގައި ހިމެނެނީ ތިން ރީޖަނަލް ހޮސްޕިޓަލެއްގެ ވޯރޑްތައް އެއަރ ކޮންޑިޝަން ކުރުމާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ޕަވަރ ހައުސް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ނިއު ވިންގް އިމާރާތުގެ ބީ.އޯ.ކިއު. ތައްޔާރުކުރުމެވެ.

އެއްބަސްވުންތަކުގެ ދަށުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމަށް ހަވާލުކޮށްފައިވަނީ ޕްރޯ އޭސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްތަކުގެ ވޯޑުތައް އެއަރ ކޮންޑިޝަން ކުރުމަށް ހަވާލުކޮށްފައިވަނީ އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑުތައް އެއަރ ކޮންޑިޝަން ކުރުމަށް ހަވާލުކޮށްފައިވަނީ ރެފްކޫލް ކުންފުންޏާއެވެ.

މީގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ނިއުވިންގ ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އެ ހޮސްޕިޓަލުގައި ޕަވަރ ހައުސް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. އަދި ސްޕިޓަލް ނިއުވިންގް ޑިޒައިން ކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމުގެ މަސަކަތް 40 ދުވަސްތެރޭގައި ނިންމަންޖެހެ އެވެ. އޭގެއިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ޕވަރހައުސް އިމާރާތްކުރުމުގެ މަސައްކަތް 67 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ސިއްހީ ހިދުމަތް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވޭ މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ފެންނަން ފަށާނެ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް އިތުރު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ ބޮޑެތި ބަދަލުތަކެއް ގެނެސް، ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ރަށާއި ގާތުން ފޯރުކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް