ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 18:01
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީގެ ދާއިރާތަކުގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
 
އިންތިޚާބު ބޭއްވުމަށް ހަމަޖހިފައިވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ 14:00 ން 18:00 އަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ނުސްވެރިިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އިްނތިހާބާބެހޭ ކޮމެޓީގެ މުޤައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދެމުންގެންދާކަމަށެވެ. އެހެންކަމުން ކުރިމަތިލުމުގެ މުައްދަތު އިތުރުކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން އޮތްގޮތުން 26 ސެޕްޓެމްބަރވާ ބުރާސްފަތި ދުވަހުގެ 14.00 އަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނެ އެވެ. މިހާރު ކުރިމަތި ލުމުގެެ އެންމެ ފަހުގެ ތާރީޚަކީ ސެޕްޓެމްބަރު ބަހުގެ 30 ވަނަ ދުވަހުއެވެ.

މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ ޖުމްލަ 45 ދާއިރާއަކުން 104 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.

އިންތިޚާބު ބޭއްވުމަށް ހަމަޖހިފައިވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ 14:00 ން 18:00 އަށް އެމްޑީޕީގެ ހަރުގެތަކުގައެވެ. ނުވަތަ އެ ދާއިރާގެ ބޭފުޅުން ކަނޑައަޅާ ޖަގަހައެއްގައެވެ.

އެޕާޓީއިން ބުނީ ދާއިރާތަކުގެ މަގާމުތަކުގެ ތެރެއިން ހުސްވެފައިވާ މަގާމުތަކަށް ވާދަކުރައްވަން ބޭނުންވާ، އެ ޕާޓީގެ މެމްބަރުން އެ ބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަގާމަކަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު، އެ ޕާޓީގެ ސެކްރެޓޭރިއޭޓަށް ނުވަތަ އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ އީމެއިލްއިން ހުށަހެޅޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް