ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 13:10
ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު
ރާއްޖެއެމްވީ
ޓުއަރިޒްމް
މުވައްޒަފުންގެ ސާރވިސް ޗާރޖުގެ އިތުރުން ސަލާމަތީ ކަންކަމާއި ގުޅޭ އިންސްޕެކްޝަން ނިމިއްޖެ
 
އޮޕަރޭޝަން ހިންގުނީ ކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި ކަމަށް
 
މި އިންސްޕެކްޝަންގައި ޖުމްލަ 1061 ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ބަލާފާސްކޮށްފައިވޭ
 
މިއޮފަރޭޝަން ހިންގުނީ ދިވެހި ރާއްޖޭގެ ދިފާއީ ބާރާއި ފުލުހުންނާއި ގުޅިގެން

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި މުވައްޒަފުންގެ ސާރވިސް ޗާރޖުގެ އިތުރުން ސަލާމަތީ ކަންކަމާއި ގުޅޭ އިންސްޕެކްޝަން ނިމިއްޖެ ކަމަށް ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ބުދަ ދުވަހު މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

މި އިންސްޕެކްޝަންއާއި ގުޅިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިއޮފަރޭޝަން ހިންގާފައިވަނީ ދިވެހި ރާއްޖޭގެ ދިފާއީ ބާރާއި ފުލުހުންނާއި ގުޅިގެން ކަމަށެވެ. މި އިންސްޕެކްޝަންގެ ތެރެއިން ރާއްޖޭގެ 20 އަތޮޅެއްގައި ހުންނަ މުޅި ޖުމްލަ 1061 ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ބަލާފާސްކޮށްފައިވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ 81 ރަށެއްގައި ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި، 143 ރިޒޯޓާއި 3 ޔޮޓު މެރީނާއާއި 10 ޓޫރިސްޓު ހޮޓެލް އަދި 535 ޓުއަރިސްޓު ގެސްޓު ހައުސްގެ އިތުރުން 194 ޑައިވް ސެންޓަރު ބަލާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންސްޕެކްޝަން ތަކުގައި ބަލާފައިވާ ކަންކަމަށް އަލިއަޅުވާލަމުން މިނިސްޓަރ ވިދާޅުވީ، ބަލާފައިވާނެ ކަންކަމަކީ ހިނގާފާނެ އަލިފާނުގެ ހާދިސާ ތަކުން ރައްކާތެރިވުމަށް އެޅިފައިވާ ސަލާމަތީ ފިޔަވަޅުތަކާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތައް ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން މުވައްޒަފުންނަށް ލިބެން ހުރި ޚިދުމަތްތަކާއި ވަޒީފާއާއި ބެހޭ ގާނޫނޫގެ ދަށުން މުވައްޒަފުންނަށް ލިބިދެވޭ ހައްގުތަކާއި ސާރވިސް ޗާރޖުގެ އިތުރުން ދިވެހި މުވައްޒަފުން ވަޒީފާގައި ތިބި މިންވަރުވެސް ބަލާފައިވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޮޕަރޭޝަން ހިންގުނީ ކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ސިޔާސަތުގެ ގޮތުގައި ގެންނަން ހުރި ބަދަލުތަކާއި، ސަރުކާރުގެ ފަރާތުން ބަދަލު ގެންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްކުރެވުނު ތަފާސްހިސާބުތަކަކީ ކުރިން ނެތް އެއްޗެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިއީ ވަރަށް ބޮޑު ކާމިޔާބީއެެއް ކަމަށެވެ. އަދި ކޮންމެ އަހަރަކު މީގެ ފަހުން ގާވައިދުން އިންސްޕެކްޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކު މީގެ ފަހުން ގަވާއިދުން މިކަންކަން ކުރަމުން ގެންދާނަން. ކަމެއް ގޯސްވީމަކާ ނޫން ގޮސް ބަލަންް ތިބޭނީ
އަލީ ވަހީދު

މިއަހަރުގެ ޑިސެމްބަރު 31ގެ ކުރިން ސަރުކާރުން މި ކޮންމެ ޚިދުމަތް ދޭ ތަނަކުން ފާހަގކުރެވިފައިވާ ކަންކަމާއި ރަނގަޅު ކުރަންވި ކަންކަން އަންގާ އިސްލާހު ކުރަން ވަގުތުވެެސް ދޭނެ ކަމަށް ވިދާޅުވިއެވެ. އިސްލާހު ކުރުމަށް ވަގުތު ދިނުމަށްފަހު، ދެވަނަ ފަހަރަށް ބަލާ ފާސްކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަންނަ އަހަރު އިންސްޕެކްޝަން ފަށާނީ މޭ މަހުގެ 1 ވަނަ ދުވަސް، މޭޑޭގެ ފަހުން ކަމަށެވެ.

ކޮންމެ އަހަރަކު އިސްޕެކްޝަން ސްޓިކާއެއް އެރުވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންމަ ޖެނުއަރީ 1 އަށް މި ސްޓިކާރ އަޅުގަނޑުމެން ފޮނުވާނީ މި ސިޓީ، އެންވެލޮޕްއާއި އެކު. މީއޭ ރަނގަޅުކުރަން ހުރި ކަންކަން. މިނިމަމްް ހަމަވަންޏާއޭ ސްޓިކާ ލިބޭނީ. އެއީ ޓުއަރިސްޓުން ބަހައްޓަން ހުއްދައޮންނާނީ. އެއާއި އެއްކޮށް ކޮންމެ އަހަރަކު އޭތި ރިނިއު ވާނެ. އޭގެ މާނައަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރުގެ 31 ގެ ކުރިން 2021 ގެ ސްޓިކާ ދާނީ ރަނގަޅު ވެފައި ހުރިއްޔާ، ނުވަތަ އަޅުގަނޑުމެން ގަބޫލު ކުރާ މިންގަނޑުތަކަށް އިމްޕްރީވް ވަންޏާ. އެހެންމަ މީ ޕްރޮސެސްއެއް
އަލީ ވަހީދު

މިނިސްޓަރ ވިދާޅުވީ މިކަމުގެ ޚުލާސާ ރިޕޯޓެއް ރައީސް ސޯލިހަށް އަރުވާނެ ކަމަށެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް