ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 19:57
މަސް ދޯނީތަކެއް - މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން
މަސް ދޯނީތަކެއް - މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން
ޝުއައިބް މުހައްމަދު އިގްބާލް
މަސްވެރިން
ކޫއްޑޫއަށް މަސްކިރާންދާ މަސްވެރިންނަށް އެސްޓިއޯ އިން 20 ފީފާ ތެޔޮ ހިލޭ ދެނީ
 
ދެކުނަށް މަސްކިރަންދާ އަދަދު ވަނީ ގިނަވެފައި

ރާއްޖޭގެ އުތުރުން ބާނާ މަސް، ގއ. ކޫއްޑޫ އަށް ކިރުވަންދާ މަސްވެރިންނަށް އެސްޓީއޯ އިން 20 ފީފާގެ ތެޔޮ ހިލޭ ދޭން ނިންމައިފިއެވެ.

އެސްޓީއޯ އިން އެހެން ނިންމާފައިވަނީ، މި ދުވަސްވަރު އުތުރުގައި މަސްވެރިކަން ރަނގަޅުވުމުން ވަރަށް ގިނަ ދެކުނުގެ މަސްވެރިން އުތުރުން މަސް ބޭނުމަށްފަހު ދެކުނަށް މަސްކިރަން ދިޔުމާއި ގުޅިގެންނެވެ. އަދި މަސްކިރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުންނެވެ.

އެގޮތުން ކުއްޑޫ އަށް މަސްކިރަންދާ މަސްވެރިންނަށް ހޯމަ ދުވަހުން ފެށިގެން އެސްޓީއޯ އިން ވަނީ 20 ފީފާ ތެޔޮ ދޫކުރުން ފަށާފައެވެ. އެސްޓީއޯ އިން ބުނީ، އެ އިނާޔަތަކީ ބޭކަރުކޮށް ތެޔޮ އަންދައިގެން މަސްކިރަން ދާން ޖެހުމުން ލުޔެއް ދިނުމަށް ދިން އިނާޔަތެއް ކަމަށެވެ.

މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވާތީވެ ކޫއްޑޫ އަށާއި ފެލިވަރަށް މަސް ކިރަންދާ ދޯނީގެ އަދަދު ވަނީ ގިނަވެފައެވެ. އަދި ފެލިވަރަށް މަސްކިރުމަށްދާ ދޯނިފަހަރަށް މަސް ނުކިރުމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
33%
17%
0%
ކޮމެންޓް
24 ސެޕްޓެންބަރ 2019 | އަންގާރަ 20:19
20 ފީފަ
20 ފީފަ ތެލައްވުރެއް 20 ފީފާ ކަނޑުމަސްމާއަގުބޮޑުވާނެ! ނުވިކޭ