ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 19:46
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
އެމްޑީޕީ
އެމްޑީޕީގެ ހުސްވެފައިވާ މަގާމްތަކުގެ އިންތިޚާބު އަންނަ ހުކުުރު ދުވަހު
 
ލިޔެކިޔުންތައް ހުށަހަޅަންޖެހެނީ އެ ޕާޓީގެ ސެކްރެޓޭރިއޭޓަށް ނުވަތަ އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ އީމެއިލްއިން
 
އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭނީ 26 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޕާޓީގެ މެމްބަރޝިޕް ޕާޓީ އޮފީހަށް ހުށަހަޅާފައިވާ ފަރާތްތަކަށް

އެމްޑީޕީގެ ދާއިރާތަކުގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިޚާބު އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ދާއިރާތަކުގެ މަގާމުތަކުގެ ތެރެއިން ހުސްވެފައިވާ މަގާމުތަކަށް ވާދަކުރައްވަން ބޭނުންވާ، އެ ޕާޓީގެ މެމްބަރުން އެ ބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަގާމަކަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު، އެ ޕާޓީގެ ސެކްރެޓޭރިއޭޓަށް ނުވަތަ އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ އީމެއިލްއިން ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީން ބުނީ މަޤާމްތަކައް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 ސެޕްޓެމްބަރވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މަގާމަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތައް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެވޭނީ އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭނީ 26 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް އެ ޕާޓީގެ މެމްބަރޝިޕް ޕާޓީ އޮފީހަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް