ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 19:25
ދައުލަތުގެ މީޑިއާ ޕީއެސްއެމް
ދައުލަތުގެ މީޑިއާ ޕީއެސްއެމް
ރާއްޖެއެމްވީ
ޕީއެސްއެމް
ޕީއެސްއެމް އޮތީ 200 މިލިއަށްވުރެ ބޮޑު އަދަދަކުން ދަރަނިވެރިވެފައި: އަލީ ހާލިދު
 
ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ކުރެވޭ
 
ކުންފުނީގެ އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވިއިރު ދައުލަތުގެ މީޑިއާ, ޕީއެސްއެމް އޮތީ 200 މިލިއަށްވުރެ ބޮޑު އަދަދަކުން ދަރަނިވެފައިވެފައިވާ ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެއްޖެއެވެ.

މަގޭ ކުންފުނި ޕްރޮގްރާމްގައި ވާހަކަދައްވަމުން އަލީ ހާލިދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، މެނޭޖްމެންޓާ ހަވާލުވިއިރު ކުންފުނި އޮތީ ވަރަށް ގިނަ ސުވާލުތަކެއްގެ ތެރޭގައި ކަމަށެވެ. އަލީ ހާލިދު ވިދާޅުވީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ޕީއެސްއެމްއަށް ކުރެވިފައިވާއިރު، ރައްޔިތުން ޖަވާބު ބޭނުންވާ ގިނަ ސުވާލުތަކެއް އެބަހުރި ކަމަށެވެ.

އަލީ ހާލިދު ވިދާޅުވީ ކުންފުނީގެ އުފެއްދުންތެރިކަން ކުޑަވެ ކުންފުނީގެ ދަރަނި 200 މިލިއަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމާއެކު ކުންފުނި ހިންގުމަށްޓަކައި ފުރަތަމަ ވެސް މަސައްކަތްތައް އަލުން ތަރުތީބުކޮށް މުވައްޒަފުންގެ ކަންކަން ތަރުތީބު ކުރަން ޖެހުނު ކަމަށެވެ. އެގޮތުން ހަރަދުތަށްކޮށްފައިވާގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މަސައްކަތްތައް އިތުރަށް ގެންދިއުމަށް ކުންފުންޏަށް ބަޖެޓް ހޯދޭނެ ގޮތްތައް ބަލަންޖެހޭ ކަމަށެވެ.

އެހެންވީމަ މިހުރިހާ ކަމަކަށް ކުރިމަތިލާން ޖެހުނީ ވަރަށް ވިސްނުންތެރިކާމާއެކު. އަޅުގަނޑުމެން ކޮށްފައި ހުރި ހަރަދުތަކަށް ބަލާއިރު އިތުރަށް މިކުންފުންޏަށް ބަޖެޓެއް ދެވޭނެ ކަހަލަ ގޮތްތަކެއް ހޯދަން އެބަޖެހޭ. ދެވޭނެ ކަހަލަ ހާލަތެއްގައި ނޫން އަޅުގަނޑުމެންތިބީއެއް. އިތުރަށް ދަންވާ ވާހަކައަކީ ފައިސޭ އެޅޭނެ ގޮތަކަށް ނޫނޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތައް ސާފުކުރަން އެބަޖެހޭ.
އަލީ ހާލިދު / މެނޭޖިންގ ޑިރެކްޓަރ

ޕީއެސްއެމްގެ މާލީ ހާލަތާ ބެހޭގޮތުން ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓްމެންޓް އަހުމަދު ހަނީފް ވިދާޅުވީ ކުންފުނީގެ މާލީ ހާލަތުހުރީ ރަނގަޅަށް ނޫން ކަމަށެވެ.

މަސައްކަތް ކުރުވާފައި ލިޔެކުއުންތައް ނުލިބިގެން އެމަސައްކަތް ކުރި ފަރާތްތަކުން އަންނަމުން ދިޔައީ. އަޅުގަނޑުމެން އަތުގައި މުސާރަ ދޭނެ ފައިސާ ވެސް ނެތް. މިހާރު ކުރެވިފައި ހުރި މަސައްކަތްތައް އަގުކުރެވި ކަމާ ބެހޭ މުއައްސަސާތަކުން ނިމިގެން އަންނައިރުގަ އަޅުގަނޑަށް ލަފާކުރެވެނީ 223 މިލިއަންއަށް އަޅުގަނޑުމެންގެ މިދަރަނި އިތުރުވެގެންދާނޭ. އެހެންވީމަ އެއްގޮތަކަށް ވެސް ކުންފުނީގެ ހާލަތު އޮތީ މާލީ ގޮތުން އެންމެ ރަނގަޅަށް ނުބުނެވޭނެ.
އަހުމަދު ހަނީފް

ޕީއެސްއެމްގެ ގާނޫނު އެގާނޫނަށް ގެނައި ބަދަލުގައި ނޫފުލޭވަރުގެ ޒިންމާތަކެއް މަތިކުރެވިފައިވާކަން ފާހަގަކުރައްވައި ހަނީފް ވިދާޅުވީ ގާނޫނުގެ ގޮތުން ވިޔަފާރިކުރުމުގެ އިހުތިޔާރު ލިބިގެން ދިއުމުން ކުރަން ނޭނގޭ ކަންތައްތަކުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

މިދިޔައީ ބްރޯޑްކާސްޓަރެއްގެ އިތުރުން އެހެން ކަންތައްތަކެއް ތެރެއަށް. އެހެންވުމުގެ ސަބަބުން މިކަންކަމަށް މިހާބޮޑު ހޭދައެއް ކުރަންޖެހުމުން މިހާހިސާބަށް މިދިޔައީ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ އާމްދަނީއެއް އިތުރެއް ނުވޭ.
އަހުމަދު ހަނީފް

ހަނީފް ވިދާޅުވީ މާލީ ގޮތުން ކުންފުނި ދަށްވެފައިވާއިރު، ކޮރަޕްޝަންއަށް ތުހުމަތުކުރެވޭ 14 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ބަލައިދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަން ތަހުގީގުކުރެވޭނެ މަގުތައް ހޯދައިދިނީ ޕީއެސްއެމްގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
38%
0%
0%
38%
13%
13%
ކޮމެންޓް