ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 15:20
މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު
މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު
ރައީސް އޮފީސް
މަރުތަކާއި ބެހޭ ކޮމިޝަން
އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަންތައް ނުކުރުމަށް ލާޒިމްކޮށް މަރު ކޮމިޝަންގެ ގަވައިދު އާންމުކޮށްފި
 
އެގަވައިދުގައި ވަނީ ސިއްރު ހިފެހެއްޓުމަށް ލާޒިމް ކޮށްފައި

މެމްބަރަކު ކުރާ ކަމަކުން އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް ނުކުރުމަށް ލާޒިމްކޮށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ގަވައިދު އާންމުކޮށްފިއެވެ.

ހޯމަ ދުވަހު އާންމުކުރި އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި މެންބަރަކު ކުރާ ކަމަކުން، ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން އެ މެންބަރެއްގެ މުސްތަޤިއްލުކަމާ މެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމާއި، ކޮމިޝަނުގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ އެވެ. އަދި އެ ކޮމިޝަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ބޭނުން ކުރުމުގައްޔާއި، ކޮމިޝަނުގެ މެންބަރުން، މެންބަރުކަމުގެ މުއްދަތުގައި، ކޮންމެ މެންބަރަކުވެސް ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް މަސައްކަތް ކުރުމާއި ކަންކަން ނިންމުމާއި ކޮމިޝަނުގެ ކޮންމެ މެންބަރަކު ވެސް، ހުރިހާ ވަގުތެއްގައި އެ މީހެއްގެ އަޚުލާޤާއި އަބުރުގެ ރައްކައުތެރިކަން ދެމެހެއްޓުން ސުލޫކީ މިންގަނޑު ތެރޭގައި ގަވައިދުގައި ވަނީ ހިމަނާފައެވެ.

ބައްދަލުވުންތަކުގެ މައުލޫމާތާއި، ތަހުގީގުތަކާ ގުޅޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންޖެހޭގޮތަށް ލާޒިމްކޮށްފައިވާއިރު ކޮމިޝަނުން ނިންމާ ގޮތެއްގެމަތިން މެނުވީ ކޮމިޝަންގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

މަރު ކޮމިޝަނުުގެ ހިންގާ ގަވައިދު އާންމު ކޮށްފައިވާއިރު އެކޮމިޝަންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށްޓަކައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހު ހުށައަޅާފައެވެ. މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުގައި ޖަލްސާތައް ބާއްވާފައިވާއިރު ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ވަނީ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް