ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 13:48
މ.އަތޮޅުގައި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގި މާކެޓިންގ ޕްރޮގްރާމްގެ ތެރެއިން
މ.އަތޮޅުގައި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގި މާކެޓިންގ ޕްރޮގްރާމްގެ ތެރެއިން
ޓްވިޓަރ
ފިޝަރީޒް މިނިސްޓްރީ
މ.އަތޮޅުގައި މަހުގެ އުފެއްދުންތައް އުފެއްދުމަށް މާކެޓިންގ ޕްރޮގްރާމެއް ހިންގައިފި
 
މިއީ މިމަހުގެ 19 އިން 21 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް
 
މިޕްރޮގްރާމްގައި 11 މީހުން ބައިވެރިވި

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މ.އަތޮޅުގައި މަހުގެ އުފެއްދުންތައް އުފެއްދުމަށް މާކެޓިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމަކީ ޒުވާނުން ޝައުގުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލް ކުރުމަށް މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެ އާ ވިޔަފާރީގެ ފުރުސަތުތައް ރައްޔިތުންނަށް ފޯރުކޮށްދީ، މަސްވެރިކަމުގެ އުފެއްދުންތަކުން ނަފާ ހޯދުމުގެ ގޮތުން މ.އަތޮޅުގައި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް މަހުގެ އުފެއްދުންތައް މާރކެޓްކޮށް ޕްރޮމޯކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިމަހުގެ 19 އިން 21އަށް ދިއްގަރުގައި ހިންގި މިޕްރޮގްރާމްގައި ދިއްގަރުގެ އިތުރުން ކޮޅުފުށީގައި މަހުގެ އުފެއްދުން އުފައްދާ ފަރާތްތައް ބައިވެރިވެފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިތަމްރީނު ޕްރޮގްރާމްގައި ދިއްގަރުން 9 ބައިވެރިން އަދި ކޮޅުފުށިން 2 ބައިވެރިން ހިމެނޭ ގޮތަށް ޖުމްލަ 11 މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ދައިރާގައި މ.އަތޮޅުގައި މިހާރުވެސް މަސައްކަތްކުރަމުންދާ ގިނަ ފަރާތްތަކެއް ހިމެނެއެވެ.

މިނިސްޓްރީން ބުނީ މިތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ކްލާހުގައި ކިޔަވައިދޭ ބަޔަކާއި އެ މައުލޫއުތަކާގުޅޭ އަމަލީގޮތުން މަސައްކަތްކޮށް ތަޖްރިބާ ހޯދުމުގެ ބައިކަމަށެވެ.

އެގޮތުން، މައުލޫމާތު ދެވުނު ބައިތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތާއި، ވެލިއު އެޑިޝަން، ލޭބަލް އަދި ޕެކޭޖިންގ، މަހުގެ ކޮލިޓީ ދެމެހެއްޓުމާއި، މާކެޓިންގ، އަދި ކުދި ވިޔަފާރީގެ ހިސާބު ބެލެހެއްޓުން ހިމެނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ މުއައްޒަފު ސީނިއަރ ރިސަރޗް އޮފިސަރ އަހްމަދު ރާޝިދުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް