ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 13:47
ކެނެޑާގެ ކުރީގެ ބޮޑު ވަޒީރާއިއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ކެނެޑާގެ ކުރީގެ ބޮޑު ވަޒީރާއިއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކެނެޑާގެ ކުރީގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
 
މި ބައްދަލުވުމުގައި ވަނީ ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖޮން ކްރެޓިއެންއާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަދާ އދގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި، ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި ކެނެޑާގެ ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އާއްމު މަޖިލީހުގެ ހަވާސާގައި ބަޙްރައިންގެ ޚާރިޖީ ވަޒީރު ޚާލިދު ބިން އަހުމަދު އަލްޚަލީފާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއަރ ސަރވިސް އެގްރިމެންޓާއި ގުޅޭ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ރޭ ބޭއްވި ކްލައިމެޓް އެކްޝަން ސަމިޓްގައި ރައީސް ސޯލިހްގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ޔުނިވަރސަލް ހެލްތު ކަވަރޭޖާއި ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވީވެސް މިނިސްޓަރ ޝާހިދެވެ. މިއީވެސް އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ދިޔަ ބައްދަލުވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް