ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 13:47
241 ކޮމެޓީގެ ބައްދަލުވުން
241 ކޮމެޓީގެ ބައްދަލުވުން
ރާއްޖެއެމްވީ
ރިލުވާން
ރިލުވާނުގެ މައްސަލައިގައި އެންއައިސީ ހާޒިރު ކުރަނީ
 
ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ރިލުވާނުގެ މައްސަލައިގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241)އަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މިގޮތަށް އެ ކޮމެޓީއިން ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައެވެ. މި މައްސަލައާއި ގުޅޭގޮތުން ހާޒިރުކޮށް އެކަމާއި ގުޅޭގޮތުން ތަފްސީލު ހޯދުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ކޮމެޓީގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ވަނީ ދެވަނަ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއީ އެންއައިސީ ހާޒިރު ކުރުމުގެ އިތުރުން ރިލުވާނުގެ މައްސަލަ ބެލުމުގައި ފުލުހުންގެ އިހުމާލެއް ނުވާ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމާއި ގުޅޭ ރިޕޯޓެއް އެރުވުމުވަށެވެ. ލަތީފް ވިދާޅުވީ ރަސްމީ ސިފައެއްގައި އެ މައުލޫމާތާއި ގުޅޭ ރިޕޯޓެއް އެރުވިފައި ނުވާތީ އެ ރިޕޯޓު ހޯދުމަށް އެ ކޮމިޝަނަށް އެދުމަށެވެ.

ކޮމެޓީގެ މުގައްރިރުކަން ކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެންއައިސީ ހާޒިރު ކުރެވޭ ބައްދަލުވުން އޮންނަ ތާރީޚެއް ފަހުން ދަންނަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
50%
0%
50%
ކޮމެންޓް