ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 13:47
ބިދޭސީން
ބިދޭސީން
ޓްވިޓަރ
ރެގިއުލަރައިޒޭޝަން ޕްރޮގްރާމް
ގާނޫނީ އިމުގެ ތެރެއަށް ވަންނަށް ބިދޭސީން ކިޔޫ ދަމާލާފައި
 
މިއަދު 345 ފަރާތަކުން ނަންނޯޓުކޮށްފި

ކޮންމެ ދުވަހަކު ގަޑިއިރެއް ތެރޭގައި ބިދޭސީން ރެގިއުލޭޓްކުރުމަށް ދޫކުރާ ނަމްބަރުތައް ހުސްވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 19 އިން، ސިވިލް ސާރވިސް ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައި ކުރިޔަށް ދާ ޕްރޮގުރާމްއާއި ބެހޭ ގޮތުން މައުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ކޮންމެ ދުވަހަކުވެސް 245 އެއްހާ ނަމްބަރު ދޫކުރުމުން ދާކަމަށާއި ، އޮފީސް ހުޅުވޭތާ 2 ގަޑި އިރު ނުވަނީސް ހުރިހާ ނަންމަބަރުތަކެއް ހުސްވާކަމަށެވެ. އަދި މި ޕްރޮގުރާމްގެ ދަށުން ގަވާއިދާއު ހިލާފަށް އުޅޭ ބިދޭސީންނަށް ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ދޮރު ހުޅުވިގެންދާނެކަމަށާއި 6 މަސް ދުވަސް ވަންދެން އެ ފަރާތްތަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭ ކާރޑެއް ދެވޭނެކަަމެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ނުވާ ބިދޭސީންނާއި މެދު ފިޔަވަޅު އެޅިގެން ދާނެއެވެ. އެއްވެސް ސަބަބަކާ ހުރެ ރެގިއުލަރައިޒް ނުކޮށްދެވޭ ބިދޭސީންގެ ދަފްތަރެއް މިނިސްޓްރީން ބަލަހައްޓާނެއެވެ.

މިކަމާއި ގުޅިގެން ބުދަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރަޖިސްޓްރީ ކުރުމަށްފަހު ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް މުއައްޒަފުން ބޭނުންވާ ފަރާތްތަކަށް، ރަޖިސްޓްރީކުރާ މީހުންގެ ތެރެއިން މީހުން ދެވޭނަކަމަށެވެ. އަދި ގިނަ ފަރާތްތަކަކުން ބިދޭސީންގެ އަތުން ފައިސާ ނަގައި ރާއްޖެ ގެނައުމަށްފަހު ދޫކޮށްލައިފާ އެބަހުރި ކަމަށާއި މި ޕްރޮގްރާމްގެ ދަށުން މިފަދަ ފަރާތްތަކަށް ރާއްޖޭގެ ގާނުނުގެ އިމުގެ ތެރެއަށް ވަދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމުގައެވެ.

ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
65%
0%
26%
6%
3%
ކޮމެންޓް