ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 13:48
ފުލުހުން ހޯދަމުންދާ އިސްމާއީލް ސިމާހް ޖަލީލް
ފުލުހުން ހޯދަމުންދާ އިސްމާއީލް ސިމާހް ޖަލީލް
ޕޮލިސް
ފުލުހުން މީހަކު ހޯދުން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
 
އޭނާ ހޯދަމުންދަނީ ސިވިލްކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުވެފައިނުވާތީ
 
ހޯދަމުންދަނީ ގދ.ތިނަދޫ މީހެއް

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަމުރާ ގުޅިގެން ހޯދަމުންދަނީ 35 އަހަރުގެ ގދ.ތިނަދޫ/މީނާ، އިސްމާއީލް ސިމާހް ޖަލީލް ކަމަށެވެ.

ފުލުހުން ބުނީ އިސްމާއީލް ސިމާހް ޖަލީލް ހޯދަމުންދަނީ ސިވިލްކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2019 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ 12:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ވަނީ އިސްމާއީލް ސިމާހް ޖަލީލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމެންޓްގެ ނަންބަރަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
38%
25%
38%
0%
0%
0%
ކޮމެންޓް