ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 09:30
ރައީސް ސޯލިހާއި މޯދީ ބައްދަލު ކުރައްވަނީ
ރައީސް ސޯލިހާއި މޯދީ ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
 
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.

މޯދީއާއި ރައީސް ސޯލިހު ބައްދަލު ކުރައްވާފައިވަނީ އދ.ގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގައި އަންގާރަ ދުވަހުއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖެއާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ޤައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ކަމުގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.) އަކީ ރާއްޖެއާ އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އިތުރު ޤައުމުތަކުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.

އަދި މީގެ ކުރިން ދެ ގައުމުން އިގުތިސޯދީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މީގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި ދެ ޤައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރުވަނީ، ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ.މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ދެގައުއުމުން ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި އދ.ގެ އާއްމު މަޖިލީހަކީ މިކަން ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވާފަ އެވެ.އަދި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް ދަމަހައްޓައި، މި ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެއްވުމަށް އުންމީދުކުރައްވާކަމުގައި ދެ ބޭފުޅުންވެސް ވިދާޅުވެފައިކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
67%
33%
0%
ކޮމެންޓް
24 ސެޕްޓެންބަރ 2019 | އަންގާރަ 16:24
ީއއޒުނި
ޠިޔާލިބުނި ހުކުރު ހަ އއްޖެެ އއް ދެން އަތްޖަހަގަ