ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 08:47
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ރާއްޖެ އެމްވީ
މެމްބަރު ޖާބިރު
ބަޔާން ދިނުމަށް ޖާބިރު ދެކޮޅު ހައްދަވައިފި
 
މައްސަލަ އެންމެ ފުރަތަމަ ފުލުހަށް ހުށަހެޅުމުން، ހެކި ނެތް ކަމަށްބުނެ މައްސަލަ ނުބަލަން ފުލުހުން އޮތީ ނިންމާފަ
 
ޖާބިރުގެ އަތުން މައުމޫން އެކިފަހަރު މަތިން ފައސާ ނެންގެވީ، ރައީސް ޔާމިންގެ ވެރިކަމުގެ ފަހުކޮޅު
 
ބަޔާން ދިނުމަށް އޭނާ ދެކޮޅު ހައްދަވާފައިވަނީ އެ ވަގުތު މައުމޫން އެތަނުގައި ހާޒިރުވެ ނެތުމުން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަތުން އެކިފަހަރު މަތިން 29 މިލިއަން ރުފިޔާ ނެންގެވިކަމަށާއި އޭގެ ބަދަލު އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށްބުނެ ޖާބިރު ހުށަހަޅާފައިވާ މައްސަލައިގައި ފުލުހަށް ހާޒިރުވެ ބަޔާން ދެއްވުމަށް އެންގުމުން، އެކަމާއި ދެކޮޅު ހައްދަވައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، މައުމޫންއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ބަޔާން ދިނުމަށް އޭނާ ދެކޮޅު ހައްދަވާފައިވަނީ އެ ވަގުތު މައުމޫން އެތަނުގައި ހާޒިރުވެ ނެތުމުން ކަމަށެވެ.

ޖާބިރު ވަނީ ހޯމަ ދުވަހުގެ ރޭ 8:00 ގައި ފުލުހުންގެ ހެޑްކުއާޓަރސްއަށް ވަދެވަޑައިގެން އެތަނުގައި މައުމޫން ހާޒިރުވެވަޑައިގެން ނެތުމުން، އެކަމާއި ނުރުހުން ފާޅުކޮށް، ބަޔާން ނުދެއްވާނެ ކަމަށް ވިދާޅުވެ ނުކުމެވަޑައިގެންފައެވެ. ޖާބިރު ވިދާޅުވެފައިވަނީ މައުމޫން ނެތީސް އެކަމާއި ވާހަކަ ނުދައްކަވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވެފައިވަނީ އޭނާގެ އަތުން މައުމޫން އެކިފަހަރު މަތިން ފައސާ ނެންގެވީ، ރައީސް ޔާމިންގެ ވެރިކަމުގެ ފަހުކޮޅު ކަމަށާއި ފައިސާ ނެންގެވީ ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ކަމަށް ވިދާޅުވެ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ހޯއްދަވަން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވުމުން މައްސަލަ ފުލުހަށް ހުށަހެޅީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފުލުހަށް ހުށަހެޅުމުން، ހެކި ނެތް ކަމަށްބުނެ މައްސަލަ ނުބަލަން ފުލުހުން އޮތީ ނިންމާފައެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އޭނާ ވަނީ 12 ހެއްކާއެކު އަލުން ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

ޖާބިރުގެ މި ތުހުމަތުކަކީ ދޮގު ތުހުމަތުތަކެއް ކަމަށްބުނެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ވަނީ މިކަން ދޮގުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
23%
15%
3%
3%
40%
18%
ކޮމެންޓް
24 ސެޕްޓެންބަރ 2019 | އަންގާރަ 19:15
ޟާނާ
ދެން ތިމައްސަލަ ޕޮލިހުން ބަލާނެ ކަމެއް ނެތް. ޖާބިރު ހުށަހަޅާ ތާކުންތާކު ނުޖެހޭ އެއްޗެހި މަޖްލީހުގެ ތަޅުމުން ބޭރުކޮށްލާހެން ތި މައްސަލަވެސް ޕޮލިހުން ބޭރުކޮށްލާ..
24 ސެޕްޓެންބަރ 2019 | އަންގާރަ 12:17
ޖާދޫ
މިއީ ބްރާންތި އަރާފަ ހުރި މީހެއްތަ. ބަޔާންނެއް ދޭން މީހަކު ހުރިތޯ ބަލަންޖެހޭ ތަ
24 ސެޕްޓެންބަރ 2019 | އަންގާރަ 09:59
ޢަނީ
އަހަރުމެނަށްވެސް ބަޔާން ދޭން އެންގީމަ ބަޔާން ނުދޭނަމޭ ކިޔާފަ އެހެން ނިކުމެގެން އާދެވޭނެތޯ..