ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 22:41
ފުލުހުން
ފުލުހުން
ޝުއައިބް މުހައްމަދު އިގްބާލް
މަޖިލިސް
އެމްއެންޑީއެފްއާއި އެންސީޓީސީ އާއި އެކު ބޭއްވި ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފި
 
ބައްދަލުވުން ބޭއްވުނީ ޓެރަރިޒްމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒްމް ސެންޓަރ އެންސީޓީސީ ގެ ބޭފުޅުންނާއި އެކު ބޭއްވި ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި މި ބައްދަލުވުމަކީ ޓެރަރިޒްމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ބޭއްވި ކޮމެޓީ ބައްދަލުވުމެކެވެ.

އެމްއެންޑީއެފްއާއި އެންސީޓީސީގެ އިތުރުން އެޓާރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބޭފުޅުންގެ އިތުރުން ހޯމް މިނިސްޓްރީގެ ބޭފުޅުންވެސް ވަނީ ކޮމެޓީ ބައިވެރިވެވަޑައިގެންފައެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމަށްފަހު ބިލް ދިރާސާކުރުމަށް ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީއަށް ފޮނުވުނީ އާދިއްތަ ދުވަހުއެވެ. ރަރިޒަމް މަނާ ކުރުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާހު ހުށައަޅައި ދައުރުން ބޭރުން ދެ ޖަލްސާ މިހާތަނަށް ވަނީ ބާއްވާފައިވާއިރު ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ ކޮމިޓީއިން އެ ބިލް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް