ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 19:34
ޕީއެންސީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް
ޕީއެންސީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް
ޓެރަރިޒަމް
ޓެރަރިޒަމް ގާނޫނުގެ ދަށުން ސެކިއުލަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ: ޝަރީފް
 
ޓެރަރިޒަމާއި އެކްސްޓްރީމިޒަމް އަދި ސެކިއުލަރިޒަމް އޮތީ ވަރަށް ބޮޑަށް ގުޅިފައި
 
ލާދީނީ ފިކުރު ރާއްޖޭގައި ފެތުރުން ކުޑަ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެން ޖެހޭ

ޓެރަރިޒަމް ގާނޫނު އިސްލާހްކުރެވިގެންދާއިރު، ދީނީ ހައްދު ފަހަނައަޅާ ދިއުމުގެ އިތުރުން އެ ގަނޫނުގައި ލާދީނީ ފިކުރު ރާއްޖޭގައި ފެތުރުން ކުޑަ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެންޖެހޭ ކަމަށް ޕީއެންސީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ޓެރަރިޒަމްގެ ވާހަކަތަށް ދެކެވޭއިރު މުސްލިމުންގެ ނަމުގައި އުޅޭ ދީނީ ހަރުކަށި މީހުން އޭގެ ތެރޭގައި ޝާމިލް ކުރެވިގެންދާކަމަށެވެ. އަދި ދީނީ ހައްދު ފަހަނައަޅާ ދިއުމުގެ އިތުރުން އެ ގާނޫނުގައި ލާދީނީ ފިކުރު ރާއްޖޭގައި ފެތުރުން ކުޑަ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމާއި އެކްސްޓްރީމިޒަމް އަދި ސެކިއުލަރިޒަމް އޮތީ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި ހަމައެކަނި ދީނީ ހަރުކަށި ވިސްނުމަށް އެކަނި ރިއާޔަތްކުރުމުގެ ބަދަލުގައި އިސްލަމްދީނާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅޭނެ ގޮތަކަށް ކަންކުރުމަކީ އޭގައި އޮތް އެންމެ ޒިންމާދާރު ގޮތަށްކަމަށް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި އެކްސްޓްރީމިޒަމް އާއި ދެކޮޅަށް މަސައްކަތް ކުރެވޭ ފަދައިން ސެކިއުލަރިޒަމްއާއި ދެކޮޅަށްވެސް މަސައްކަތް ކުރަން ޖެހޭ، ގައުމީ ސަލާމްތަސް ނުރައްކާވާނެ ވަހަކަތައް މި ބިލުގައި ހިމެނޭ އިރު އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އެކްސްޓްރީމިޒަމާއި ޓެރަރިޒަމާއި ހަމަ އެއާއެކީގައި ސެކިއުލަރިޒަމްވެސް މީގެ ތެރެއަށް ވަދެ އެއްކޮށް މި ބިލުގެ މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ.
ޕީއެންސީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް

އެހެންނޫންނަމަ އިސްލާމީ ޝިއާރު ފާޅުކުރުމަށް މީހުންގެ ކަންބޮޑުވުންތަކާއި ޖެހިލުންވުންތަށް އަންނާނެކަން ފަހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އޭގެ ސަބަބުން ސެކިއުލަރިޒަމްއަށް އިތުރު ފުރުސަތުތައް ބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމުން ޤާނޫނަށް ބަދަލު ގެންނައިރު، އެކަންކަން ވިސްނަންޖެހޭކަން ޝަރީފް ފާހަގަކުރެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް