ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 13:43
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
މަޖިލިސް
މެމްބަރު ޖާބިރު
ކުރީގެ ރައީސް މައުމޫންއާ ދެކޮޅަށް ޖާބިރު ހުށަހެޅި މައްސަލަގެ ބަޔާން ނެގުނުް މިރޭ
 
އެމްއާރްއެމްއިން މިތުހުމަތުތައް ދޮގުކުރޭ
 
މިރޭ 8:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ އަންގާފައި

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ ހުށަހަޅާފައިވާ މައްސަލައިގެ ބަޔާންނެގުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު، ހޯމަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޑީއާރްޕީން ބުނީ ކިނބިގަސްދޮށުގޭ މައުމޫން އަބްދުލްގައްޔޫމް މައްޗަށް ހުށަހަޅާފައިވާ 29 މިލިއަން މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގު ބަޔާން ދިނުމަށް މިރޭ 20:00 އަށް ޝަހީދު ހުސެން އާދަމް ބިލްޑިންގއަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މީގެ ކުރިން މެމްބަރު ޖާބިރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ކަމަށް ވިދާޅުވެ، ރައީސް މައުމޫން އޭނާގެ އަތުން އެކި ފަހަރު މަތިން 29 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށެވެ. އަދި އެފައިސާ އަނބުރާ ހޯދަން ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމުން އެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފައިވާއިރު، އެންމެ ފުރަތަމަ މިމައްސަލަ ހުށަހަޅެމުން ހެއްކެތް ނެތްކަމަށްބުނެ މައްސަލަ ނުބަލަން ނިންމިއެވެ. ނަމަވެސް މިމަހުގެ 02 ވަނަ ދުވަހު 12 ހެއްކާއެކު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް މެމްބަރު ޖާބިރު ވަނީ ވިދާޅުވެފައެވެ.

މެމްބަރު ޖާބިރު ކުރައްވާ މިތުހުމަތުތައް އެމްއާރްއެމްއިން ވަނީ ދޮގުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
75%
13%
0%
13%
0%
0%
ކޮމެންޓް