ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 13:08
ގުދަނުގައި ރޯވި އަލިފާން ނިއްވުމަށްޓަކައި ހަރަކާތްތެރިވަނީ
ގުދަނުގައި ރޯވި އަލިފާން ނިއްވުމަށްޓަކައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން
ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސަތްކަތް ގްރޭޓަރ މާލެއިން ފަށައިފި
 
މިއަދުން ފެށިގެން އެ ކުންފުނިން ވެއަރ ހައުސްތައް ކުއްޔަށް ބޭނުންވާ ފަރާތްތަކަށް ފޯމް ލިބެން ހުންނާނެ
 
ގުދަންތައް ބަދަލުކުރުމުގެ މަސަތްކަތް 21 ސެޕްޓެމްބަރުން ފެށިގެން ވަނީ ފަށާފައި

މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލް ގުދަންތައް ކ.ތިލަފުއްޓަށް ބަދަލުކުރުމުގެ މަސަތްކަތް ސަރުކާރާއި ގުޅިގެން ފަށާފައިވާކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނުން ބުނެފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައްޔިތުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް، މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއްގައި ހުރި ނުރައްކާތެރި ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަށް ރައީސް ސޯލިހު ނިންމެވުމާއި ގުޅިގެން އެކަން ތަންފީޒުކުރުމަށްޓަކަައި 21 ސެޕްޓެމްބަރުން ފެށިގެން ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން އެ މަސަތްކަތް ފަށާފައިވާކަމަށެވެ.

އެގޮތުން ތިލަފުށިން ވަކި ސަރަހައްދެއް ކެމިކަލް ރައްކާކުރުމަށް ކަނޑައަޅައި ވެއަރ ހައުސް އެޅުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާކަަމަށާއި ގާއިމްކުރެވޭ ގުދަންތަކަަކީ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލައި އިމާރާތްކުރެވޭ ތަނެއްގެ ގޮތުގައި ހެދުމަކީ ކުންފުނީގެ އަމާޒުކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ނުރައްކާތެރި މުދަލަކީ ހާއްސަ އުސޫލެއްގެ މަތިން ރައްކާތެރިކުރަންޖެހޭ ތަކެތިކަން ފާހަގަކޮށް އެ ކުންފުނިން ބުނެފައިވަނީ އެ މާހައުލަކީ އެހެންފަރާތްތަކަށްވެސް ރައްކާތެރި މާހައުލަކަށް ހެދުމަށް ވަކިހާއްސަ އުސޫލެއްގެ ދަށުން މަސަތްކަތްކުރަމުން ދާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން މިވަގުތު މާލެއާއި އެ ނޫންވެސް ސަރަހައްދުގައި ބޭނުންކުރަމުންދާ ކެމިކަލްތަކާއި ނުރައްކާތެރި ސާމާނުތައް ރައްކާކުރަމުން ދާ ގުދަންތައް ދެނެގަތުމަށް މަސަތްކަތް ކުރަމުންދާކަމަށެވެ. އަދި 23 ސެޕްޓެމްނަރުން ފެށިގެން އެފަދަ ފަރާތްތަކަށް ތިލަފުށިން ވެއަރ ހައުސް ޔުނިޓް ދޫކުރުމަށް ނިންމާފައިވާކަމަށާއި މިކަމަށް ދޫކުރާ ފޯމް ކުންފުނީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެކަަމަށް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޔުނިޓްތައް ކުއްޔަށް ދޫކުރުމުގައި މިވަގުތު ކެމިކަލް ގުދަންކުރަމުންދާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ ގުދަންކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލޭގައި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 6 އިމާރާތަކާއި 4 ގުދަނެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
0%
33%
0%
ކޮމެންޓް