Advertisement
ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 18:40
ޖުމްހޫރީ މައިދާން ޒީނަތްތެރިކުރަނީ
ޖުމްހޫރީ މައިދާން ޒީނަތްތެރިކުރަނީ
ރާއްޖެއެމްވީ
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައ
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގަ

ސައުދީ ރަސްގެފާނު ރާއްޖެވަޑައިގަންނަވާތީވެ ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފް ގެ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ޚާއްސަ އިއްޒަތްތެރިއެއް ވަޑައިގަންނަވަތީ ކަމަށެވެ. އަދި ވަޑާއިގަންނަވާ އިއްޒަތްތެރިޔާއަށް ފުރިހަމަ މަރުހަބާއެއް ކިޔުމައްޓަކާ ޖުމްހޫރީ މައިދާން ސަރަހައްދު ޒީނަތްތެރި ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާ ފަރާތަށް ފުރިހަމަ ރައްކާތެރިކަމާ މެހެމާންދާރީ އަދާކުރުމަށް އެމްއެންޑީއެފް އިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގައެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭ  އެއްވެސް އިތުރުތަފްސީލެއް އާޒިމް ނުދެއްވައެވެ.

ޖުމްހޫރީ މައިދާން ޒީނަތްތެރިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި ހުރި ރުއްތަކުގެ ފަންތައް އެއްވަރުކޮށް، އެ ސަރަހައްދުގައި ގެ ގަނޑެއް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެވަޑާއިގަންނަވަނީ ސައުދީ ރަސްގެފާނު ކަމެއް އެމްއެންޑީއެފް އިން ހާމަކޮށްފަ އެއްނުވެ އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާގޮތުގައި މިމަހުގެ 18 ގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ރާއްޖެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ޖުމްހޫރީ މައިދާން ތައްޔާރު ކުރަމުންދާ އިރު ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއްވެސްވަނީ ރާއްޖެ އައިސްފަ އެވެ.

ރާއްޖެ އައިސްފާވާ މަނަވަރާއެކު ރާއްޖެ ރޯޔަލް ސައުދީ ނޭވަލް ފޯސް(އާރްއެސްއެންއެފް) ގެ 6191 ހެލިކަޕްޓަރެއް ވެސް ވަނީ ގެނެސްފަ އެވެ.

ސައުދީ ރަސްގެފާނު ރާއްޖެވަޑާއިގަންނަވާ އިރު އެ ރަސްގެފާނު ދަނީ އޭޝިޔާގެ ގައުމަތަކަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން މެލޭޝިއާ އާއި އިންޑޮނޭޝިއާއަށް ވަޑައިގެންފައިވާ އިރު ޖަޕާނަށްވެސް ވަޑާއިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅުގައި އެމަނިކުފާނާ އެކު 1500 އޮފިޝަލުން ބައިވެރިވެ އެވެ.

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނާއިރު ރާއްޖޭގެ ފ. އަތޮޅު ސައުދީއަށް ވިއްކާލުމުގެ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ސައުދީން  ފ. އަތޮޅަށް އަންނަ އިންވެސްޓްމެންޓަކީ 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ސައުދީ އެމްބަސީން ވަނީ އެގައުމުގެ ސަރުކާރުން ރާއްޖޭގައި އިންވެސްޓް ކުރަން ނޫޅޭކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް