ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 10:25
އަލިފާނުގެ ހާދިސާގައި 400 މީހަކު ވަނީ ހާލުގައި ޖެހިފައި
އަލިފާނުގެ ހާދިސާގައި 400 މީހަކު ވަނީ ހާލުގައި ޖެހިފައި
ރާއްޖެއެމްވީ
ކެމިކަލް ގުދަނުގެ އަލިފާނުގެ ހާދިސާ
ހެންވޭރު އަލިފާނުގެ ހާދިސާ: ބައެއް ސަރަހައްދު ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިފި
 
ކަރަންކާމަގު ވަނީ ހުޅުވާލާފައި
 
ޗާޓާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވޭ

ހ. ތިލަފުށީގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބަންދުކުރި ބައެއް ސަރަހައްދުގެ ބައެއް ހުޅުވާލައިިފިއެވެ.

އެ ހާދިސާ އަށް ފަހު ބޮޑު ބައެއް ބަންދުކޮށް އެ އިމާރާތް ސާފުކުރުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ ކުރަމުންނެވެ. އާދިއްތަ ދުވަހު ފުލުހުން ވަނީ، ހުޅުވާފައިވާ ސަރަހައްދުގެ ޗާޓެއް އާއްމުކޮށްފައެވެ.

އެގޮތުން ފުލުހުން ވަނީ އަލިފާން ރޯވި އަބަދަށްފެހިމަގަށް މަޖީދީ މަގުން ވަނދެވޭ ފަޅިން ހ. ސޯފާގެއާ އަދި ހަމަ އެމަަގަށް ވަނދެވޭ ހ. މިޔަލަނި ގޯޅިން ހ، ރަސްމާދޫގެއާ ހަމަޔަށް ގެތަކުގެ ވެރިފަަރާތަށާއި ދިރިއުޅެ ފަރާތްތަކަށް ހުޅުވާލާފައެވެ. ކުރިން ބަންދުކޮށްފައި އޮތް ކަރަންކާމަގުގެ އިތުރުން ސަމަންދު ގޯޅިވެސް ވަނީ ހުޅުވާލާފައެވެ.

އެހެން ނަމަވެސް ކަޅުހުރާ މަގާއި، އަބަދަށް ފެހިމަގުގެ އެއްބައި ވަނީ އަދިވެސް ބަންދުކޮށްފައެވެ. އެ ޗާޓުގައިވާ ގޮތަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަލިފާނުގެ ހާދިސާގައި 400 މީހަކު ވަނީ ހާލުގައި ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް