ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 11:30
ސިފައިންގެ މީހަކު ކެމިކަލް ގުދަންތައް ފާސްކުރަނީ
ސިފައިންގެ މީހަކު ކެމިކަލް ގުދަންތައް ފާސްކުރަނީ
އެމްއެންޑީއެފް
ކެމިކަލް ގުދަނުގެ ބޮޑު އަލިފާނުގެ ހާދިސާ
މާލޭގައި ހުރި ކެމިކަލް ގުދަންތައް ބަލާ ފާސްކުރަން ފަށައިފި
 
ހޯމަ ދުވަހު ކެމިކަލް ގަވާއިދު ގެޒެޓް ކުރަން ވަނީ ނިންމާފައި
 
126 ކެމިކަލް ގުދަނެއް މާލޭގައި ހުރޭ

މާލޭގައި ހުރި ކެމިކަލް ގުދަންތައް ފާސްކުރަން އެމްއެންޑީއެފުން ފަށައިފިއެވެ.

އާދިއްތަ ދުވަހު އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކެމިކަލް ރައްކާ ކޮށްފައި ހުރި ގުދަންތައް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ގުޅިގެން ފަށާފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

ކެމިކަލް ގުދަންތައް ބަލާ ފާސްކުރަން އެމްއެންޑީއެފުން ފަށާފައިމިވަނީ، ހުކުރު ދުވަހު ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއްގައި ދިރިނޫޅެވޭ ވަރަށް އަނދާފައިވަނި ކޮށެވެ.

މާލޭގައި 126 ކެމިކަލް ގުދަން އެބަހުރި ކަމަށާއި، އޭގެ ތެރެއިން މީހުން ދިރިއުޅޭ ސަރަހައްދުގައި 82 ކެމިކަލް ގުދަން ހުރިއިރު، މީހުން ދިރިއުޅޭ ގެތަކާއި އިންވެގެން 96 ގުދަން ހުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ، މިހާތަނަށް ކެމިކަލް ގުދަންކޮށް ގެންގުޅެމުން ދިޔައިރު ކެމިކަލް ގަވާއިދެއް ހެދިފައި ނުވާކަމަށާއި، އެ ގަވާއިދަށް އެކުލަވައިލުމަށް އޭޖީ އޮފީހަށް ފޮނުވައި ގެޒެޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކެމިކަލް ގަވާއިދު ހޯމަ ދުވަހު ގެޒެޓް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކެމިކަލް ރައްކާތެރި ކުރުމަށް ތިލަފުށިން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ތިލަފުށި ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
67%
33%
0%
0%
ކޮމެންޓް