މިފަހުގެ ހާދިސާގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އަލިފާން ހިފި އިމާރާތުގެ ތެރެއިން އެއް އިމާރާރް އަރިއަޅާލައިފިއެވެ.
ހުކުރު ދުވަހުގެރޭ ހެންވޭރު އަބަދަށްފެހިމަގުގައި ހުންނަ ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އެ ހާދިސާގައި އެކަކު މަރުވެ 400 ގިނަ މީހުން ގެދޮރު ވަނީ ގެއްލިފައެވެ.
އާދިއްތަ ދުވަހުގެރޭ އަލިފާން ހިފި އެއް އިމާރާތް ވަނީ އަރިއަޅާލާފައެވެ. އެކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ސަރަހައްދު މޮނިޓަރ ކުރުމަށް އެމްއެންޑީއެފްގެ އިތުރުން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެެރިވި ސަބަބު މިހާތަނަށް އެއްވެސް ފަރާތަކުން ބުނެފައިނުވާއިރު، ހާދިސާގައި ލިބުނު ގެއްލުން އަންދާޒާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަލިފާނުގެ ހާދިސާ އަށް ފަހު ހާލުގައި ޖެހުނު ފަރާތްތަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުގެ އިތުުރުން ދިވެހި ރެޑް ކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ބައެއް މީހުން މިހާރު ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭއެވެ.