ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 23:10
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ސިވިލް ސާވިސް
އަލިފާނުގެ ހާދިސާގައި ގެއްލުންވި ސިވިލް ސާރވިސް މުވައްޒަފުންނަށް 30 ދުވަހުގެ ޗުއްޓީއެއް!
 
ސިވިލް ސާވިސް މުވައްޒަފުންނަށް ލިބޭނީ 30 ދުވަހުގެ ޕޭލީވް އެއް

އަލިފާނުގެ ހާދިސާގައި ގެއްލުންވި ސިވިލް ސާރވިސް މުވައްޒަފުންނަށް 30 ދުވަހުގެ ޗުއްޓީއެއް ދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރެލް އަބްދުﷲ ސައީދު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުންވި ސިވިލް ސާރވިސް މުވައްޒަފުންނަށް 30 ދުވަހުގެ ޗުއްޓީއެއް ދޭން ނިންމީ ބައެއް އޮފީސް ތަކުން މުވައްޒަފުންނަށް ލުޔެއް ދޭން އެދިފައިވާ ކަމަށާއި، އެހެން ކަމުން އާދީއްތަ ދުވަހު ކޮމިޝަނުން ވަނީ މި މުވައްޒަފުންނަށް 30 ދުވަހުގެ ހާއްސަ ޗުއްޓީ އެއް ދޭން ނިންމައިފައި ކަމަށެވެ.

މީގެ އިތުރުން އަބްދުﷲ ސައީދު ވިދާޅުވީ މިވަގުތު ހާލުގައި ޖެހިފައިވަނީ ކިތައް ސިވިލް ސާރވިސް މުވައްޒަފުން ކަމެއް ނޭނގޭ ކަމަށެވެ.

އަބްދުﷲ ސައީދު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް މި ލިބޭ 30 ދުވަހުގެ ޗުއްޓީއަކީ "ޕޭ ލީވް" އެއް ކަމަށާއި މި ޗުއްޓީ ލިބޭ މުވައްޒަފުން އެ މުވައްޒަފުން މަސައްކަތް ކުރާ އޮފީސް ތަކުން ވެރިފައި ކުރާނެކަމަށެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ގާތް ގަނޑަކަށް 443 މީހުންނަށް އެހީތެރިކަން ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް