ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 22:40
އަލިފާން ނިންވާލުމަށް ސިފައިން ހަރަކާތްތެރިވަނީ
އަލިފާން ނިންވާލުމަށް ސިފައިން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
 
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވޭ

މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލެ އިންޑަސްޓްރިއަލް ޒޯންގައި މަޑުކޮށްގެން އޮތް ތެޔޮ ބައުޒަރެއްގައި ރޯވިކަމުގެ ރިޕޯޓް އާދިއްތަ ދުވަހުގެރޭ 19:39 ހާއިރު ލިބިފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގީ އެ ބައުޒަރުގެ އިންޖީނުގައި ރޯވެގެން ކަމަށާއި، އެ ގަޑީގައި އެ އުޅަނދު ދުއްވާ މީހާގެ އިތުުރން އެހީތެރިއަކު އުޅަނދު ތެރޭގައި އިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށެވެ.

ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރު އަބަދަށްފިނިވާ މަގުގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ބައެއް އިމާރާތްތައް ވަނީ އަޅިއަށްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
86%
0%
14%
0%
ކޮމެންޓް