ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 20:18
ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ
ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ
ޝުއައިބް މުހައްމަދު އިގްބާލް
ކެމިކަލް ގުދަނުގެ ބޮޑު އަލިފާން
ގެއްލުންލިބުން އާއިލާތަކަށް އައިޑީކާޑު ހަދައިދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން: ޑިޒާސްޓަރ
 
އެންމެ ފަހުގެ އަޕްޑޭޓް ލިސްޓުން މިހާރު ނެޝަނަލް ރެޖިސްޓްރޭޝަނަށް ނަންތައް ވަނީ ހުށަހަޅާފަ
 
ނެޝަނަލް ރެޖިސްޓްރޭޝަނާއި ގުޅިގެން، އައިޑީ ކާޑު ހައްދައިދިނުމުގެ މަސައްކަތް އަންނަނީ ކުރެވެމުން

ހުކުރު ދުވަހުގެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާއި ގުޅިގެން ނެޝަނަލް އައިޑެންޓިފިކޭޝަން ކާޑު (އައިޑީކާޑު) ގެއްލުނު ފަރާތްތަކަށް އައިޑީކާޑު ހައްދައިދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، އެ ހާދިސާގައި ގިނަ ބައެއްގެ މުހިންމު ތަކެތި ގެއްލިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ޑޮކިއުމެންޓަކީ އައިޑީ ކާޑު ކަމަށާއި، އެހެންކަމުން، ނެޝަނަލް ރެޖިސްޓްރޭޝަނާއި ގުޅިގެން، އެ ފަރާތްތަކަށް އައިޑީ ކާޑު ހައްދައިދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

އެންމެ މުހިއްމު އެއް ޑޮކިއުމެންޓެއް ގޮތުގައި އޮންނަނީ އައިޑީކާޑު، އެހެންވީމަ އައިޑީކާޑަކީ ހިދުމަތް ހޯއްދަވަން ބޭނުންކުރައްވާ އެއްޗެއްކަމުން އައިޑީކާޑު ހެދޭނެ އިންތިޒާމެއް ނެޝަނަލް ރެޖިސްޓްރޭޝަނާއި ގުޅިގެން އަޅުގަނޑުމެން ހަމަޖައްސަމުން ގެންދަން
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން

ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ލިސްޓުން މިހާރު ނެޝަނަލް ރެޖިސްޓްރޭޝަނަށް ހުށަހަޅާފަ ވާނެ ކަމަށާއި ހޯމަ ދުވަހު އެތަނުގައި މިކަމަށްޓަކާ ހާއްސަ ސެޓްއަޕެއް ހަމަޖައްސާ، ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދަރުބާރުގޭ ދޮށިމޭނާ މާލަން ހިފައި މިހާރުވެސް 7 ދުވަހަށް، ރިލީފް އައިޓަމްސް ބެހުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިސާން ވިދާޅުވިއެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުންވެސް ގިނަ އެހީތަށް ވަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް