ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 20:19
ރައީސުލްޖުމްހޫރިއްޔާ އޭޑކޭގައި ތިބި ބަލި މީހުންނާއި ބައްދަލު ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އޭޑކޭގައި ތިބި ބަލި މީހުންނާއި ބައްދަލު ކުރެއްވުން
ރައީސް އޮފީސް
އޭޑީކޭ
އަލިފާނުގެ ހާދިސާ އާއި ގުޅިގެން އޭޑީކޭއިން 61 މީހުންނަށް ފަރުވާދިން: އައްފާލް
 
މި ހާދިސާ އާއި ގުޅިގެން މިހާރު އެޑްމިޓްކުރެވިފައި ވަނީ 2 މީހުން
 
އަލިފާނުގެ ހާދިސާ އާއި ގުޅިގެން އޭޑީކޭ ވަނީ އެލާޓް އަށް ގެނެވިފައި

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އޭޑީކޭއިން 61 މީހަކަށް ފަރުވާދީފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ އަލިފާނުގެ ހާދިސާގެ މައުލޫމާތު އޭޑީކޭއަށް ލިބިފައިވަނީ 9:20 ހާއިރުކަމަށާއި ނަމަވެސް އޭޑީކޭ އިން 7:25 ގައި އެމަޖެންސީ ޕްލޭން އެކްޓިވޭޓް ކޮށްފައިވާ ކަމަށާއި އެގޮތުން މިހާތަނަށް 61 ފަރާތަކަށް ވަނީ ފަރުވާދީފައި ކަމަށެވެ. އަދި މިހާރު އެޑްމިޓްކުރެވިފައިވަނީ 2 މީހުން ކަމަށެވެ.

އައްފާލް އިތުރަށް ވިދާޅުވީ މިހާދިސާ އާއި ގުޅިގެން ހޮސްޕިޓަލަށް ވެސް ވަނީ ދުމުގެ އަސަރު ކޮށްފައި ކަމަށާއި އެ ވަގުތު އެންމެ މަތީ ފްލޯގައި ތިބި ބަލި މީހުން އެހެން ހިސާބުތަކަށް ބަދަލުކުރަން ޖެހުނު ކަމަށެވެ. އައްފާލް އިތުރަށް ބުނީ ހޮސްޕިޓަލަށް ގެންދެވުނު މީހުންނަކީ ނަފްސާނީ ގޮތުންނާއި ދުމުގެ އަސަރު ކޮށްގެން ގެންދެވުން މީހުން ކަމަށާއި އަދި ކޮންމެސް ވަރަކަށް ކުދި ކުދި އަނިޔާ ލިބިފައިވާ މީހުންކަމަށެވެ.

މީހުން އުފުލުމުގައި ވެހިކަލް ބޭނުން ނުކުރީ އަލިފާން ރޯވި ތަނަކީ ހޮސްޕިޓަލާއި ކައިރި ތަނަކަށް ވެފައި ވީލްޗެއަރ އަދި ސްޓެރެޗަރގައި މީހުން އުފުލުން އަވަސް ވާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އައްފާލް ވިދާޅުވިއެވެ.

އައްފާލް ވަނީ އާންމުން އޭޑީކޭއަށް ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާ ކުރައްވާފައެވެ.

އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަނިޔާވި ފަރާތްތަކަށް ފަރުވާ ފޯރުކޮށްދިން ހޮސްޕިޓަލަކީ އޭޑީކޭއެވެ. އެގޮތުން އޭޑީކޭއިން ވަނީ މި ހާދިސާގައި ދުމުގެ އަސަރު ކުރި މީހުންނާއި، ނަފްސާނީ ގޮތުން އަސަރު ކުރި މީހުންގެ އިތުރުން ކުދި ކުދި އަނިޔާ ލިބުން މީހުންނަށް ފަރުވާދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
17%
67%
0%
0%
0%
17%
ކޮމެންޓް