ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 19:53
އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ޗައިނާ ސަރުކާރުން ދޭ ހިލޭ އެހީގެ މިންވަރު ކަނޑައެޅިގެންދާ އެއްބަސްވުމެއްގައި ސޮއިކޮށްފި
 
ކަނޑައެޅިފައިވާ އަދަދަކީ 434,310,800 ރުފިޔާ

ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަން ގަސްދުކުރެއްވި ހިލޭ އެހީގެ މިންވަރު ކަނޑައެޅިގެންދާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓަރ ޝާހިދު މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައެވެ.

އެ އެއްބަސްވުމަކީ ދިވެހި ރާއްޖެއާއި ޗައިނާއާއި ދޭތެރޭގައި ފަންނީ އަދި އިގްތިސާދީ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ އެއްބަސްވުމުގެ ދަށުން މި ވަގުތަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަން ގަސްދުކުރެއްވި ހިލޭ އެހީގެ މިންވަރު ކަނޑައެޅިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ އަދަދަކީ 434,310,800 ރުފިޔާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިނިސްޓަރ ޝާޙިދު އާއި، ޗައިނާ ސަރުކާރާއި ދެމެދު ވަނީ އިތުރު އެއްބަސްވުންތަކެއްގައި ވެސް ސޮއިކޮށްފައެވެ.

އެގޮތުން ކުޅިވަރުގެ ދާއިރާއިން އެކުވެރިކަމާއި ތަމްރީނުގެ ފުރުސަތުގެ އިތުރުން އިންފްރާސްޓްރަކްޗަރ ބިނާ ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ އެމްއޯޔޫ ގައިވެސް ވަނީ ސޮއި ކުރެވިފައެވެ.

މި އެއްބަސްވުމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މި އެމްއޯޔޫ ވެގެން ދާނީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް މަގުފަހިވެގެންދާނެ އެމްއޯޔޫއަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ދަތުރުގައި ޗައިނާގެ ކުންފުންޏަކާއެކު ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ ސްޓޭޑިއަމްއެއް ހެދުމުގެ ދިރާސާކޮށް މަސައްކަތް، ކުރުމަށް އެގްރީމެންޓެއްގައި ސޮއި ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ޗައިނާ ސަރުކާރާއި އެކު ކުރެވުނު އެއްބަސްވުމުގެ ސަބަބުން އެ ސްޓޭޑިއަމް ހެދުމަށް މަގުފަހުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ އޮފް ސްޓޭޓުގެ ފެންވަރުގައި އަހަރަކު އެއްފަހަރު ރަސްމީކޮށް ބައްދަލުވުން ބޭއްވުމަށް ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ދެމެދުގައި ވަނީ އެއްބަސްވުމުގައި ސޮއި ކުރެވިފައެވެ. މިނިސްޓަރ ވިދާޅުވީ ގުޅުންތައް ތަރުތީބު ކުރެވެމުން މިދަނީ ބައިނަލްއަގްވާމީ އުސޫލުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް