Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 16:42
އެމްއޭސީއެލްގެ ވެހިކަލް އެއާޕޯޓް މަގުގައި ހުރި ޓިނު ފެންސްގައި ޖެހިފައި
އެމްއޭސީއެލްގެ ވެހިކަލް އެއާޕޯޓް މަގުގައި ހުރި ޓިނު ފެންސްގައި ޖެހިފައި
ޕޮލިސް
އެކްސިޑެންޓް
މޯލްޑިވިއަންގެ ވެހިކަލެއް އެކްސިޑެންޓް ވެއްޖެ
އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ
ވެހިކަލްއަށް ވަނީ އެކިވަރުގެ ގެއްލުންވެފައި

އެއާޕޯޓަށް ދާން އޮންނަ މަގުގައި މޯލްޑިވިއަންގެ ވެހިކަލެއް އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ އެއާޕޯޓަށް ދާން އޮންނަ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ މޯލްޑިވިއަންގެ ވެހިކަލެއްގެ ކުރިމަތިން އައި ޓެކްސީއަކުން ނެއްޓެން އުޅުމުގެ ތެރޭގައި ވެހިކަލް ކޮންޓްރޯލް ނުވެ ގޮސް އެއާޕޯޓް މަގުގައި ހުރި ޓިނު ފެންސްގައި ޖެހިފައިވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:20 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް ވެހިކަލްއަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް