ސަރުކާރަށް ލިބެންޖެހެނީ 91 މިލިއަން ޑޮލަރެއް ނޫންކަމަށާއި، އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކަނިވެސް 220 މިލިއަން ޑޮލަރު ދައުލަތަށް ލިބެންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައިސް ސޯލިހު ވިދާޅުވީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ މެމްބަރުންނާއި ބައްދަލުކޮށްފައިވާކަމަށާއި، މިދިޔަ ސަރުކާރުން 60 އަށްވުރެ ގިނަ ރަށްތަކެއް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ލިބެންޖެހޭ އަގަށްވުރެ ކުޑަކޮށް ނަގައި ދޫކޮށްފައިވާކަމަަށެވެ. މީގެކުރިން އޮޑިޓް ރިޕޯޓުގައި ގެއްލުނުކަމަށް ހިމަނާފައި އޮތީ 91 މިލިއަން ޑޮލަރުކަމަށާއި ނަމަވެސް މިހާތަަަނަށް ބެލި ބެލުމުގައި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް މިހާރުގެ ހަމަތަކުން ބަލާނަމަ ދޫކޮށްފައިހުރި ފަޅުތައް ނުހިމަނައިވެސް 220 މިލިއަން ޑޮލަރަށް އަރާކަމަށް ރައިސް ސޯލިހު ވިދާޅުވި އެވެ.
އެރަށްތައް ލިބިފައިހުރި ފަރާތުން ދެއްކި ކަމަށް ބުނާ 91 މިލިއަން ޑޮލަރުގެ އިތުރަށް ސަރުކާރަށް އެފަރާތްތަކުން 128 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޮޑިޓް ރިޕޯޓުގައި އޭރު ގެއްލުނުކަމަށް އޭރު ނިންމާފައި އޮތީ 91 މިލިއަން ޑޮލަރު. އެހެންނަމަވެސް މިހާތަނަށް ބެލި ބެލުމުގައި އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް މިހާރު ހަމަޖެހިފައި އޮތް ގޮތުން އަގުކުރީމައި ގާތްގަނޑަކަށް 220 މިލިއަން ޑޮލަރަށް އޭގެ އަގު އެބަ އަރާ. މިއީ އަދި ދޫކޮށްފައި ހުރި ފަޅުރަށްތައް ނުހިމަނައި. އެހެންވީމައި އެރަށްތައް ލިބިފައި ހުރި ފަރާތުން ދެއްކި ކަމަށް އެބުނާ 91 މިލިއަން ޑޮލަރު ކެނޑީމަވެސް އަދި އެފަރާތްތަކުން ސަރުކާރަށް ދައްކަން އެބަ އޮވޭ 128 މިލިއަން ޑޮލަރު. މިއީ ހަމަ އަގު.އިބްރާހިމް މުހައްމަދު ސޯލިހް / ރައީސުލްޖުމްހޫރިއްޔާ
އިތުރަށް ވާހަކަ ދައްކަވަމުން ރައިސް ސޯލިހު ވިދާޅުވީ ރަށްތަށް ދޫކުރެވިފައިވަނީ ހަމައަގެއްގައި ނޫންކަމަށާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓު ފައިނަލް ވުމާއިއެކު ސަރުކާރުން އެރަށްތަކުގެ ހަމަ އަގު ހޯދުމަށް މަސަތްކަތްކުރާނެކަމަށެވެ. އަދި މިހާރުން މިހާރަށް އެގްރީމަންޓް ބާތިލް ކުރެވޭ ރަށެއް އޮތް ކަމުގައިިވާނަމަ އެކަަން ސަރުކާރުން ފަސްނުޖެހި ކުރާނެކަމަށާއި މީގެ ދެ ދުވަސްކުރިންވެސް 1 އެގްރީމަންޓް ބާތިލްކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދޫކޮށްފައިހުރި ރަށްތަކުން 12 ރަށެއް މިހާރު އޮޕަރޭޓްކުރާކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ ނުއަގުގައި ވިއްކާފައިހުރި ހުރި ރަށްތަކުގެ މަސަތްކަތް އެ ފަރާތްތަކުން ފަށާފައިވާކަމާއި އެ ފަރާތްތަކާއި މެދު ފިޔަވަޅެއް އަޅާއިރު ވަރަށް ބޮޑަށް ރާއްޖޭގެ އިންވެސްޓަރ ކޮންފިޑެންސް ނުގެއްލޭގޮތަކަށް ވިސްނަންޖެހޭނެކަމަށެވެ.
ދޫކޮށްފައި ހުރި ރަށްތަކުގެ ތެރޭގައި 12 ރަށެއް މިހާރު އޮޕަރޭޓްކުރޭ. މަސަތްކަތްކުރާ 3 ރަށެއްގެ 50 ޕަސެންޓް މަސައްކަތް މިހާރު ކުރެވިފައި އެބަހުރި. 21 ޕަސެންޓާއި 49 ޕަސެންޓުގެ 3 ރަށެއްގެ މަސަތްކަތް ކުރިޔަށް ދާކަމަށްވޭ. މިހެންކަމުން މިކަމާއި މެދު ފިޔަވަޅެއް އަޅާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ، ރަށްތައް ކުއްޔަށް ނަގައިގެން ހަދަމުންދާ ރަށްތަކެއް އެބަހުރި. އެހެންކަމުން ރާއްޖޭގެ އިންވެސްޓަރ ކޮންފިޑެންސް ނުގެއްލޭގޮތަށް ސަރުކާރުން ހައްލެއް ހޯދަންޖެހޭކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.އިބްރާހިމް މުހައްމަދު ސޯލިހް / ރައީސުލްޖުމްހޫރިއްޔާ
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސލައަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުންގެންދާ މައްސަލަޔަކަށްވާއިރު، މިމައްސަލާގައި އެސެޓް ރިކަވަރީ ކޮމިޝަންގެ ބައެއް ހޯދުންތަކުން ދައްކާގޮތުގައި ބައެއް ރަށްތައް އެގްރީމެންޓެއް ނެތި ފައިސާ ނުނަގާ ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފަނު ވިދާޅުވީ ބައެއް ރަށްރަރަށް ހަވާލުކުރީ ކާކަށްކަން ނޭގޭއިރު އެކަކަށް 2 ރަށް ތިންރަށްވެސް ދެވިފައިވާކަމަށެވެ.
ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދައުވާކުރަނީ ހަމައެކަނި ރައީސް ޔާމީންއަށްކަމަށް ނޫސްވެރިއަކު ކުރެއްވި ސުވާލަަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ އިތުރުން މައްސަަލައިގައި ޝާމިލުވާ އެހެންފަރާތްތަކުގެ މައްޗަށްވެސް ދައުވާކުރުމަށް މިމަހުގެ ފަހުކޮޅު ޕީޖީއަށް ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށެވެ. އަދި ހިޔާނާތުގެ ފައިސާގައި ޖެހިފައި ތިބި ހުރިހާ ފަރާތްތަކުިގެ ލިސްޓެއް އެކުލަވައިލައި އެފަރާތްތަކާއި މެދު ފިޔަވަޅުއަލާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ވާހަކަތަކަށް އަލިއަޅުއްވާލަމުން ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުގައި އަޅާފައިވާ ދަރުމަވަންތަ ހޮސްޕިޓަލު އަޅަން ހޭދަކޮށްފައިވާކަމަށް މިދިޔަ ސަރުކާރުން ބުނި އަދަދާމެދު ޝައްކު އުފެދޭ ކަމަށާއި އެ ކަންތައް ވެސް ބަލާނެކަމަށެވެ. އަދި މި ސަރުކާރުން ކޮރަޕްޝަނަށް އެއްްވެސް ފުރުސަތެއް ނުދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.