Advertisement
ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 15:41
ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން
ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން
ޓްވިޓަރ
ޕީޕީއެމް ޖަލްސާ
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް މާލޭ ސިޓީގެ ތަރައްގީ އަށް ކުރި އެއްވެސް ކަމެއް ނެތް

އަންމަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ލިބިއްޖެ ނަމަ ސިޓީ ކައުންސިލް މެމްބަރުންގެ މުސާރަ ބޮޑުކޮށްދީ ކައުންސިލްގެ ބާރުތައް އަނބުރާ ދޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތަޢާރަފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތައް ޕީޕީއެމް އަށް ލިބިއްޖެ ނަމަ ސިޓީ ކައުންސިލް ބާރުތައް ކައުންސިލަށް ދީ ފުރަތަމަ ފަހަރަށް ސިޓީ ކައުންސިލް އެންމެ ފުރިހަމަ އަށް ހިންގާނެ ކަމަށެވެ.

ނިހާން ވިދާޅުވީ ވޭތުވެދިޔަ ދެ ކައުންސިލްގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށް ކަމަށާއި ނަަމަވެސް ސަރުކާރުން މާލޭ ސިޓީގެ ތަރައްގީ އަށްޓަކައި ކުރިއަށް ގެންދިޔަ އެއްވެސް މަޝްރޫއަކަށް އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ބާރުތައް ނަގާ ސިޓީ ކައުންސިލް މެމްބަރުން މުސާރަ ކުޑަކުރަން ޖެހުނީ ވެސް ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމުގައި ޖެއްސުންކޮށް ހެދުމުގެ ސަބަބަުން ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް ދީގެން މިހާތަނަށް މާލޭ ސިޓީ އަށް ގެނުވެނު އެއްވެސް ތަރައްގީއެއް ނެތް ކަމަށާއި މާލޭ ސިޓީ އަށް ތަރައްގީ ގެނެސް ބޮޑެތި މަޝްރޫއުތައް މާލޭ ސިޓީގައި ހިންގަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭ ސިޓީ ކައުންސިލްގެ ބާރުތައް ނަގާ ހައުންސިލް މިނިސްޓްރީއާ ހަވާލުކުރި ހިސާބުން ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން މިހެން ވިދާޅުވެފައި ވާއިރު ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ކުޑަކޮށް ބާރުތައް ނަގާފައި ވަނީ ގާނޫނުތަކަށް ބަދަލު ގެނެސްގެންނާއި ސަރުކާރުގެ އިދާރާތަކަށް މަސައްކަތްތައް ބަދަލުކޮށްގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 މާރޗް 2017 | ހޮނިހިރު 11:41
Ali
E eeee kalayge maibafaa thrika mudaa tha? Ladhu kobaaa?