ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 08:09
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ
ރާއްޖެއެމްވީ
ފަލަސުރުހީ
މިސަރުކާރަށް ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ: ޑެޕިއުޓީ މިނިސްޓަރު ނާޒިމާ
 
ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން
 
ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ
 
ކުރީގެ ސަރުކާރުތަކަށް މިމައްސަލަ ހައްލުނުކުރެވުނީ ޕޮލިޓިކަލް ވިލް ނެތުމުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ނާޒިމާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބިދޭސީންގެ މައްސަލަ ކަމަށާއި، މިމައްސަލަ ހައްލުކުރުމަށް މިސަރުކާރުން ނުކުތީ ޕޮލިޓިކަލް ވިލް އެންޑް ކޮމިޓްމެންޓް އޮވެގެން ކަމަށެވެ. އަދި ފާއިތުވެދިޔަ ސަރުކާރުތަކަށް މިމައްސަލަ ހައްލުނުކުރެވުނީ ޕޮލިޓިކަލް ވިލް ނެތުމުން ކަމަށް ނާޒިމާ ވިދާޅުވިއެވެ.

ނާޒިމާ ވިދާޅުވީ މިފަދަ ބޮޑު މައްސަލައަކާ ކުރިމަތިލެވޭނީ ވެސް ޕޮލިޓިކަލް ވިލް ހުރެގެން ކަމަށާއި، ގިނަ ޗެލެންޖަސްތަކާ ކުރިމަތިވާނެ ކަމަށެވެ.

ނާޒިމާ ވިދާޅުވީ ނަތިޖާ ނެރުމަކީ އުދަނގޫ ކަމެއް ކަމަށާއި ސަރުކާރުން އަބަދު ވެސް މަސައްކަތްތައް ކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެހެންކަމުން މިމަސައްކަތަށް ވެސް ބޭނުން ވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށް ނާޒިމާ ވިދާޅުވިއެވެ.

ޕޮލިޓަކަލް ވިލް އެންޑް ކޮމިޓްމެންޓުން މިމަސައްކަތް އަސްލު މިފެށުނީ ވެސް. އެހެން ނޫނިއްޔާ މިއީ އަސްލު ފެށޭވަރުގެ މަސައްކަތެއް ނޫނޭ ދެންނެވުމަކީ ދޮގެކަށް ނުވާނެ. އެހެންވީމަ އެކޮމިޓްމެންޓް އަޅުގަނޑުމެންގެ ވަޒީރު އެބައޮތް ދެން ކެބިނެޓް ލެވަލްގައި އޮތް ކަން އަޅުގަނޑުމެންނަށް ސާބިތުވެގެން މިދިޔައީ.
ނާޒިމާ ވިދާޅުވި

ނާޒިމާ ވިދާޅުވީ ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީންތައް، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ހިންގާ ޕްރޮގްރާމުގެ ބޭނުން ހިފައި އެފަދަ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުށައެޅުމަށް އެދޭ ކަމަށެވެ. އަދި މިމަސައްކަތައް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ މީހާގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް