ކ. މާލެ
|
17 ސެޕްޓެންބަރ 2019 | އަންގާރަ 00:46
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓު
ކަތުރުފަނި ނައްތާލުމަށްފަހު ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އަންގާރަ ދުވަހު ފަށަނީ
 
އެކޯޓުގައި އާދީއްތަ ދުވަހާއި ހޯމަ ދުވަހު ޝަރީއަތްތައް ބާއްވާފައެއް ނުވޭ

ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގައި ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ކުރިޔަށްދާތީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެކޯޓުގެ މަސައްކަތްތައް މެދުކެނޑުމަށްފަހު އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އަންގާރަ ދުވަހުގެ ޝަރީއަތްތައް ފެށުމަށް މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ.

ދެ ދުވަހުގެ މެދުކެނޑުމަކަށްފަހު އެކޯޓުގެ ޝަރީއަތްތައް ފެށުމަށް ހަމަޖެހިފައިވާއިރު އެކޯޓުން ބަންދުގެ މުއްދަތު އެދެދުވަހުގެ ތެރޭގައި ޖަހާފައިވަނީ ޖަސްޓިސް ބިލްޑިން އިމާރާތުގައެވެ. ކްރިމިނަލް ކޯޓުން ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.

އަންގާރަ ދުވަހު އެކޯޓުގައި 63 ޝަރީއަތެއް ވަނީ ތާވަލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
17 ސެޕްޓެންބަރ 2019 | އަންގާރަ 09:35
މަނާބެ
ބިންގަލާއިހަމައިން މުވައްޒިފުން ބަދަލުކޮށްގެންނޫނީ ތިތަނުގެ "އަސްލު" ކަތުރުފަންޏެއް ނުފިލާނެއެވެ. ހަތާރޫޅައިލެވިދާނެއެވެ. އެކަމަކު "ކްރިމިނަލް ރާނީ" ނައްތާނުލެވޭހައިހިނދެއްގައި ފަނިހުންނާނީ އުފެދިއުފެދިއެވެ! ޝައްކެއްނެތެވެ!