ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 15:31
ހަދަމުންދާ އިމާރާތެއް
ހަދަމުންދާ އިމާރާތެއް
މުހައްމަދު ޝަރުހާން
ސްރީލަންކާގެ އެޗްއާރް ޑިވެލޮޕްމެންޓް
ކުންފުނިތަކުގެ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވަނީ
މިއީ ދެދުވަހަށް ކުރިއަށް ގެންދާ ބައްދަލުވުމެއް
މަސައްކަތު ބައްދަލުވުން އޮތީ އޮކްޓޫބަރު 07 ގައި
ފީއަކަށް 280 ޑޮލަރު ދައްކަންޖެހޭ

ސްރީލަންކާގެ އެޗްއާރް ޑިވެލޮޕްމެންޓްގެ ފަރާތުން ކުންފުނިތަކުގެ އިމާރާތްތައް މަރާމާތުކޮށް ބަލަހައްޓާނެ ގޮތްތައް ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގައި ދެދުވަހަށް ކުރިއަށް ގެންދާ މިމަސައްކަތު ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ 07 އޮކްޓޫބަރު އިން 08 އޮކްޓޫބަރުގެ ނިޔަލަށް މޫކައި ހޮޓެލްގައެވެ.

މިމަސައްކަތުގައި ބައްދަލުވުމުގައި ބައިވެރިވުމަށް 280 ޑޮލަރު މީހަކު ދައްކަންޖެހޭއިރު، ސެޓްފިކެޓާއި، ކެއުން އެކުންފުނިން ހަމަޖައްސައިދެއެވެ. އަދި ކުންފުންޏެއްގެ 05 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 10 އިންސައްތަ ޑިސްކައުންޓް ލިބެއެވެ. އަދި 12 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 20 އިންސައްތަ ޑިސްކައުންޓް ލިބެއެވެ.

ސްރީލަންކާގެ އެޗްއާރް ޑިވެލޮޕްމެންޓް ކުރިއަށް މިމަސައްކަތު ބައްދަލުވުމަކީ މެއިންޓެނެންސް އިންޖިނިއަރުންނާއި، މެއިންޓެނެންސް މެނޭޖަރުންގެ އިތުރުން މިދާއިރާގައި މަސައްކަތްތައް ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މަސައްކަތު ބައްދަލުވުމެކެވެ.

މިމަސައްކަތު ބައްދަލުވުމުގައި މިސެޝަންތައް ނަންގަވައިދެއްވަނީ ބައިނަލްއަގްވާމީ ގޮތުން މިދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ފަރާތްތަކުންނެވެ. އަދި ގިނަގުނަ މުހިންމު މައުލޫމާތުތަކެއް މިމަސައްކަތު ބައްދަލުވުމުގައި ފޯރުކޮށްދޭނެއެވެ.

އޭގެ ތެރޭގައި ޕްރިވެންޓިވް މެއިންޓެނަންސްގެ ބޭނުން ނުހިފާނަމަ އޯގަނައިޒޭޝަންއަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެންމެފަހުގެ ޒަމާނީ މެއިންޓެނަންސް މެނޭޖްމެންޓާއި، މެއިންޓެނަންސްގެ ބާވަތްތަކާއި އަދި އަމަލީ ގޮތުން މިކަމުގައި ބޭނުންކުރާ އެކި އުކުޅުތަކާއި ވަސީލަތްތައް ކިޔައި ދިނުން ހިމެނެއެވެ. މީގެ އިތުރުން ޕްރިވެންޓިވް މެއިންޓެނަންސް ނެތް ކަމަށްވާނަމަ ދިމާވާނެ މާލީ ގެއްލުންތަކާ ބެހޭ ގޮތުން މުހިންމު ސެޝަންތަކެއް ނަގައިދޭނެއެވެ.

- ކޮމެންޓް