ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 12:54
ގދ.ނަޑެއްލާ
ގދ.ނަޑެއްލާ
ގޫގުލް
ގދ.ނަޑެއްލާ
ނަޑެއްލާގެ ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ހުޅުވާލައިފި
އެރަށުގައި 26 ހައުސިން ޔުނިޓް އެޅުމަށްވަނީ ނިންމާފައި
މިމަހުގެ 26ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ

ގދ. ނަޑެއްލާގެ ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ނަޑެއްލާ ކައުންސިލުން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން އަތޮޅުތަކުގައި ހައުސިންގ ޔުނިޓުތައް ބިނާކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި 26 ހައުސިންގ ޔުނިޓު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެރަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގައި އެޅުމަށް ހަމަޖެހިފައިވާ 16 ހައުސިންގ ޔުނިޓް އަޅާނެ ގޯތިތަކެއް ކަނޑައަޅައި އެކަމާއި ބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ފޮނުވުމަށް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތްކުރުމާއިބެހޭ އުސޫލުގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، "ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 26 ސެޕްޓެންބަރު ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ކައުންސިލަށް ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ. ފޯމް ބަލައިގަތުން އޮންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 13:30 އާ ހަމައަށް ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

- ކޮމެންޓް