Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 12:47
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލް މަލިކީ
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލް މަލިކީ
ޓްވިޓަރ
މިނިސްޓަރ ޝާހިދު
މިނިސްޓަރ ޝާހިދު ފަލަސްތީނުގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވައިފި
ފަލަސްތީނަށް އެއްބާރުލުން ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލް މަލިކީއާއި ބައްދަލު ކުރައްވައިފިއެވެ.

Advertisement

މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއި އެއްކޮޅަށް ކަމަށާއި ރާއްޖެއިން އަބަދުވެސް ފަލަސްތީނަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު އާދީއްތަ ދުވަހު ޖިއްދާގައި ބޭއްވި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިމަޖެންސީ ކުއްލި ޖަލްސާގައި ވާހަކަ ދައްކަވާފައިވާއިރު މިނިސްޓަރ ވިދާޅުވީ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އިޒްރޭލްގެ ތަނަކަށް ހަދަން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ކަަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއި އެކު ކަމަށާއި، ފަލަސްތީނަކީ މިނިވަން ތަނެއްގެ ގޮތުގައި ހެދުމަށް ވަކާލާތު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ސައުދީގެ ފޮރިން މިނިސްޓަރ އިބްރާހިމް އަބްދުލް އަޒީޒް އަލް އަސްސަފް އާއި ވެސް ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް