Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 11:06
އަޒްމިރަލްދާ (ކ) ޝުޖޫން (ވ) -
އަޒްމިރަލްދާ (ކ) ޝުޖޫން (ވ) -
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓު
ޝުޖޫން އާއި އަޒްމިރަލްދާ ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ބެންޗުގައި
އަޒްމިރަލްދާ ޒާހިރު ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައި
ޝުޖޫން ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ 6 ފަނޑިޔާރުން

ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ދެ އަންހެން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު އާދީއްތަ ދުވަހު އެ ކޯޓުގެ ބެންޗުގައި ފުރަތަމަ ފަހަރަށް ފަނޑިޔާރުކަން ކުރައްވާނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ އެންމެ ފުރަތަމަ ބައްލަވާ ޝަރީއަތަކީ ވަޒީފާއާބެހޭ މައްސަލައެއްގައި އަމިއްލަ ފަރާތެއް ދައުލަތާ ދެކޮޅަށް އުފުލާފައިވާ މައްސަލައެކެވެ. އެ މައްސަލާގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ އިތުރުން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. މައްސަލަ ތާވަލްކޮށްފައިވަނީ އާދީއްތަ ދުވަހުގެ 10:00 އަށެވެ.

ފަނޑިޔާރު ޝުޖޫން ފުރަތަމަ މައްސަލަ އަކީ މިޙަޟާނާތުގެ މައްސަލައެކެވެ. އެ މައްސަލައަކީ އަމިއްލަ ފަރާތަކުން ހުށައަޅައި އަމިއްލަ ފަރާތަކާއި ދެކޮޅަށް ދައުވާ އުފުލާފައިވާ މައްސަލައެކެވެ. އެ މައްސަލާގައި ފަނޑިޔާރު ޝުޖޫންއާއެކު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. އެ މައްސަލަ ތާވަލް ކޮށްފައިވަނީ އާދީއްތަ ދުވަހުގެ 1:00 އަށެވެ.

Advertisement

ސުޕްރީމް ކޯޓަށް އައްޔަންކުރެވޭ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންނަށް އެ ދެ ފަނޑިޔާރުން އައްޔަން ކުރައްވާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ޝުޖޫން ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ. އަދި ޑރ އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ފަނޑިޔާރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ފަރާތެކެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗް 7 އަށް ވަނީ އިތުރުކޮށްފައެވެ. އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޑީޑީ މަގާމުން ވަކި ކުރެއްވުމާއި ގުޅިގެން އެ މަގާމު އޮތީ މިހާރު ހުސްކޮށެވެ. އެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އައްޔަންކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެދިވަޑައިގެންފައެވެ. އެހެންކަމުން މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ ހަ ފަނޑިޔާރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް