Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 19:43
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ދިވެހިރާއްޖެ- ފަލަސްތީން
ޔޫއެން ގައި ރާއްޖެއިން ވޯޓު ދޭނީ ފަލަސްތީނާ އެއްކޮޅަށް
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ ކަމަށް ވިދާޅުވި

އދ. ގައި ފަލަސްތީނާ ގުޅޭ ކަންކަމާއި ނެގޭ ވޯޓުތަކުގައި ރާއްޖެއިން ވޯޓު ދޭނީ ފަަލަސްތީނަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެހެން ވިދާޅުވީ، އާދިއްތަ ދުވަހު ބޭއްވި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިމަޖެންސީ ކުއްލި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ، ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އިޒްރޭލްގެ ތަނަކަށް ހަދަން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ކަަމަށެވެ. ރާއްޖެއިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއި އެކު ކަމަށާއި، ފަލަސްތީނަކީ މިނިވަން ތަނެއްގެ ގޮތުގައި ހެދުމަށް ވަކާލާތު ކުރައްވާނެ ކަމަށެވެ.

Advertisement

އިސްރާއީލުގެ އިންތިހާބުން ކާމިޔާބު ވެއްޖެނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އިސްރާއީލުގެ ތަނަކަށް ހަދާނެ ކަމަށް އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަން ޔާހޫ ވިދާޅުވެފައިވާތީ އެކަން ކުށްވެރިކޮށް މީގެ ކުރިން ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

މައްސަލައިގައި ފަސްޖެހުމެއް ނޯންނާނެ ކަމަށާއި ބަސް ބުނުމުގައި ދިވެހިރާއްޖެ އިން ފަސް ނުޖެހޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ބޭނުންވަނީ އިސްލާމީ އުއްމަތް އެކަތިގަނޑަކަށްވެ މިކަމާއި ނަފްރަތުކޮށް ދެކޮޅުހަދާކަން ސާބިތުކޮށްދިނުން ކަމަށާއި އެއްއަޑަކުން ވާހަކަ ދެއްކުންކަމަށް އޯއައިސީ ބައްދަލުވުމަށް ފުރާވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް