ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 00:28
ވިކްޓްރީގެ ކޯޗު ސުޒެއިން
ވިކްޓްރީގެ ކޯޗު ސުޒެއިން
ރާއްޖެއެމްވީ
ވިކްޓަރީއަށް ޕްރެޝަރ
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
އެހެން މެޗުތަކަށްވުރެ މި މެޗުގައި ކުޅުންތެރިން ލީ އެފަޓް ރަނގަޅު: ސުޒެއިން
ފިޓްނަސްއަކީ ވެސް ވިކްޓްރީ އަށް ދިމާވެފައި އޮތް ބޮޑު މައްސަލަ: ސުޒެއިން
މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ: ސުޒެއިން

ގެއްލުނީ އަނެއްކާ ވެސް މުހިންމު މެޗެއް ކަމަށާއި، ލީގުގައި އިތުރަށް ކުރިޔަށްދާން ޕްރެޝަރު ބޮޑުވެއްޖެ ކަމަށް ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން ބުނެފި އެވެ.

މާލޭ ލީގުގައި އީގަލްސް އަތުން 1-1 ގެ ނަތީޖާއިން އެއްވަރުވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސުޒެއިން ބުނީ އެހެން މެޗުތަކަށް ވުރެ މި މެޗުގައި ކުޅުންތެރިން ލީ އެފަޓް ރަނގަޅު ކަމަށާއި، އެހެންނަމަ ވެސް އެއްވަރުވުމުން ލީގުގައި ކުރިޔަށްދާން އިތުރަށް ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ ކަމަށެވެ.

ސުޒެއިން ބުނީ ޓީމަށް ދިމާވި އެންމެ ބޮޑު ގެއްލުމަކީ ބިދޭސީ ޑިފެންޑަރު އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެ ހުއްޓާ އަނެއް ބިދޭސީ ފޯވާޑް ކެރިޗް އަށް މެޗުގައި އަނިޔާވުން ކަމަށާއި، ޓީމު އެއްކޮށް ކުޅެލަން ފުރުސަތު ނުލިބޭތީ ކަމަށެވެ.

އެހެންނަމަވެސް ސުޒެއިން ބުނީ ކުރިޔަށް އޮތް މެޗަށް ތައްޔާރުވާން ދުވަސްކޮޅެއް ލިބޭ ކަމަށާއި، އެގޮތުން ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ފިޓްނަސްއަކީ ވެސް ވިކްޓްރީ އަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއްކަން ފާހަގަކޮށް ސުޒެއިން ބުނީ، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އެގޮތުން އީގަލްސް ޓީމަށްވުރެ ރަނގަޅަށް ވިކްޓްރީން ކުޅެފައިވާ ކަމަށާއި، ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރި ކަމަށެވެ.

މީގެ އިތުރުން ސުޒެއިން ބުނީ ވިކްޓްރީ އަށް ދެން އިތުރަށް ކުރިޔަށް ދެވޭނީ ކުރިޔަށް ހުރި ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގެ ތެރޭގައި މާޒިޔާ މެޗު ވެސް ހިމެނުމަކީ އިތުރު ހުރަހެއް ކަމަށްވެސް ސުޒޭން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް