Advertisement
ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 00:19
ޕީޕީއެމް އިން ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި
ޕީޕީއެމް އިން ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި
ޓްވިޓަރ
ޔާމީން ފެކްޝަނުގެ ކެމްޕޭން
ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުގެ ޓީމެއް ފ އަތޮޅަށް
ފ އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ ކައުންސިލް އިންތިހާބާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް

ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުގެ ޓީމެއް ފ އަތޮޅަށް ޒިޔާރަތް ކުރަމުން އެބަގެންދެއެވެ.

މި ޓީމުގައި އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމާއި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ފ އަތޮޅަށް ކުރައްވާ މިދަތުރުގައި އެއަތޮޅު ދަރަނބޫދޫ އަށް ޕީޕީއެމްގެ ޓީމް ވަޑާއިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

 އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ ދަރަނބޫދޫގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަދައްކަވާފަ އެވެ. 

އަދި އެއަތޮޅު ނިލަންދޫ އަށް ވެސް ޕީޕީއެމްގެ ޔާމީން ފެކްޝަނުގެ ޓީމުން ވަނީ ވަޑައިގަންނަވާފަ އެވެ.

މިދަތުރާ ގުޅޭ ގޮތުން ޕީޕީއެމް ސެކްރެޓަރީ ޖެނެރަލް  ނިލަންދޫ ދައިރާގެ މެންބަރު ޑރ އަބްދުﷲ ހަލީލު ވިދާޅުވީ،  މި ދަތުރަކީ ފ އަތޮޅުގެ ކައުންސިލް އިންތިހާބުގައި ޕީޕީއެމް ތަމްސީލުކުރާ މެންބަރުންނާ އެކު ބާއްވާ ޚާއްސަ ޖަލްސާއަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މިއީ ދެ ދުވަހުގެ ދަތުރެއް ކަމަށާއި ޕީޕީއެމްގެ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ ހުކުރު ދުވަހުގެ ރޭ 08.30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފ. އަތޮޅަށް ޕީޕީއެމްގެ ޔާމީން ފެކްޝަނުން ވަޑައިގަންނަވާފައިވަނީ އެއަތޮޅުގެ ރަށެއް ނުވަތަ އަތޮޅުގެ ބައެއް ސައުދީ އަށް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އާއްމުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅިގެން ސައުދީ ސަރުކާރުން ވަނީ ފ އަތޮޅުން ބައެއް ގަތުމަށް ނުވަތަ ރާއްޖޭގައި މެގަ ޕްރޮޖެކްޓެއް ހިންގުމަށްވެސް ސައުދީ ސަރުކާރުން ނޫޅޭ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ފ އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް