Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 22:12
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޝަރީއަތުގެ އަޑުއެހުމަކަށް މާލެ ގެންނަނީ - އޭނާ ޖަލުން ފިލުމަށް މަސައްކަތްނުކުރާކަމަށް ޤާނޫނީ ވަކީލުން ބުނެޭ
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޝަރީއަތުގެ އަޑުއެހުމަކަށް މާލެ ގެންނަނީ - އޭނާ ޖަލުން ފިލުމަށް މަސައްކަތްނުކުރާކަމަށް ޤާނޫނީ ވަކީލުން ބުނެޭ
ރާއްޖެ އެމްވީ
އަދީބްގެ ޖަލު ބަދަލުކުރުން
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
އަދީބް ޖަލުން ބަދަލުކުރީ ފިއްލަވަން އުޅޭ ކަމަށް ފުލުހުން ވެސް އަދި ކަރަކްޝަނަލްއިން ވެސް ބުނެފައެއް ނުވޭ
އަދީބް، ކުއްލި ގޮތަކަށް މާފުށީ ޖަލުގައި ހުންނަވަނިކޮށް، ދޫނިދޫ ޖަލަށް ވަނީ ބަދަލުކޮށްފަ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް، މާފުށީ ޖަލުން ފިލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި ގެނެސްދީފައި ވަނީ ދޮގު ހަބަރެއް ކަމަށާއި، އެއްވެސް އިރެއްގައި ޖަލުން ފިލުމަށް އަދީބް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް އޭނާގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

 

އަދީބް ކުއްލި ގޮތަކަށް މާފުށީ ޖަލުގައި ހުންނަވަނިކޮށް، ދޫނިދޫ ޖަލަށް ވަނީ ބަދަލުކޮށްފަ އެވެ. ދުނިދޫ ޖަލަށް އަދީބުބަދަލުކުރުމާ ގުޅިގެން، އޮންލައިން ނިއުސް، "ވީއޮންލައިން" ގައި ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ގެނެސްދީގައިވާ ޚަބަރު ދޮގުކޮށް އަދީބްގެ ޤާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޚަބަރު ގެނެސްދީފައިވަނީ އަދީބްގެ ޤާނޫނީ ވަކީލުންގެ ބަހެއް ނެތި، އިވުނު ވާހަކަތަކެއްގެ މައްޗަށް ކަމަށެވެ.

 

އަދީބްގެ ޤާނޫނީ ވަކީލުން ވިދާޅުވީ، މާފުށީ ޖަލުން ފިއްލަވަން އެއްވެސް އިރެއްގައި އަދީބު މަސައްކަތްޕުޅު ކުރައްވާފައި ނުވާ ކަމަށާއި، އެފަދަ ގާނޫނާ ހިލާފު ކަމެއް ކުރައްވަން އެއްވެސް އިރެއްގައި އެމަނިކުފާނު ރާއްވަވާފައި ވެސް ނުވާ ކަމަށެވެ. އަދި ދޫނިދޫ ޖަލަށް އަދީބު ބަދަލުކޮށްފައި ވަނީ އެފަދަ ސަބަބެއް އޮވެގެން ކަން ފުލުހުންގެ ފަރާތުން ނުވަތަ ކަރެކްޝަންސް އިން ވެސް އަދީބަށް ނުވަތަ އާއިލާ އަށް ވެސް އަންގާފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

 

ބަޔާނުގައި ބުނީ، އެކަމާ ގުޅޭ ޚަބަރުތައް ގެނެސްދީފައި ވަނީ ނަން ހާމަނުކުރާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެކަނި ކަމަށާއި އެ ޚަބަރުގައި އަދީބުގެ އާއިލާގެ ނުވަތަ ވަކީލުންގެ ބަހެއް ހިމަނާފައި ނުވާ ކަމަށެވެ. އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހިންނަށް ލިބިދޭ ހައްގު އަދީބަށް ވެސް ލިބިގެންވާ ކަމަށާއި މިފަދަ ޚަބަރުތައް ފަތުރާއިރު ގާނޫނުގައިވާ ގޮތުން ދެ ފަރާތުގެ ބަސް ހޯދުމަށް ވެސް އަދީބުގެ ވަކީލުން ވަނީ ނަސޭހަތްވެރިވެފަ އެވެ.

 

ޤާނޫނީ ވަކީލުން ދެކިވަޑައިގަންނަވާ ގޮތުގައި އަދީބު ދޫނިދޫ ޖަލުގައި ބެހެއްޓުމަކީ ޤާނޫނާ ހިލާފު ކަމެކެވެ. ދޫނިދޫ ޖަލަކީ ކަސްޓޯޑިއަލް ޖަލެކެވެ. ޤާނޫނު ބުނާ ގޮތުން ކަސްޓޯޑިއަލް ޖަލުގައި ބޭތިއްބޭނީ ހަމައެކަނި ތަހުޤީޤް މަރުހަލާގަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ބަންދުކުރެވޭ ފަރާތްތަށް ބަހައްޓަންޖެހޭނީ ރިމާންޑް ޖަލެއްގައެވެ. އަދި ޝަރީއަތް ނިމި، ހުކުމް ތަންފީޒްކުރާ ކުށްވެރިން ބައިތިއްބަންޖެހޭނީ އާންމު ޖަލެއްގަ އެވެ. އަދީބަކީ، ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް