Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2019 | ހޮނިހިރު 11:57
ޑިމޮކްރޮސީ ރަންގެ ތެރެއިން
ޑިމޮކްރޮސީ ރަންގެ ތެރެއިން
ރާއްޖެއެމްވީ
އިލެކްޝަން ކޮމިޝަން
ޑިމޮކްރޮސީ ރަން ބާއްވައިފި
މި ދުވުމުން ދިވެހިންގެ އެއްބާވަތަންތަމާއި އެކުވެރިކަން ފެނިގެންދިޔަ
600 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވި

ބައިނަލްއަގްވާމީ ޑިމޮކްރޮސީ ދުވަސް ފާހަގަކުރުމުގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ޚާއްސަ ދުވުމެއް ބާއްވައިފިއެވެ.

''ޑިމޮކްރޮސީ ރަން''ގެ ނަމުގައި ހޮނިހިރު ދުވަހު ހެނދުނު ހުޅުމާލޭގައި ބޭއްވި މި ދުވަހުން ފައްޓަވައިދެއްވީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލްގެ އިތުރުން އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފްއެވެ.

ޑިމޮކްރޮސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ދުވުމެއް ބޭއްވީ ދިވެހިންގެ އެއްބާވަތަންތަމާއި އެކުވެރިކަން ދައްކުވައިދިނުމުގެ ގޮތުން ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ. އަދި މި ދުވުމުގައި ސަރުކާރުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

ޑިމޮކްރަސީ ރަންގައި އިލެކްޝަން ކޮމިޝަންގެ މުއައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކާއި، އެކި ޖަމިއްޔާތަކުން މީހުން ބައިވެރިވިއެވެ. ގިނަ ބައެއް ތަރުހީބު މި ދުވުމަށް ލިބިފައިވާއިރު، ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ.

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް