ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 16:36
މާކް އާއި ޖޯލީ
މާކް އާއި ޖޯލީ
އިންޑިޕެންޑެންޓް.ޔޫކޭ
މާކް އެންޑް ޖޯލީ
ދުނިޔެ ބަލަން ނިކުތް ދަތުރު ހުއްޓި ޖަލަށް!
ދަތުރު ފަށާފައިވަނީ 2015 ވަނަ އަހަރު

އޮސްޓްރޭލިއާގެ ދެ ޓްރެވެލް ބޮލްގަރުން ކަމަށްވާ މާކް ފާކިން އާއި ޖޯލީ ކިންގް އެއްގަމު މަގު ހުރަސްކުރުމުގެ މަގްސަދުގައި، ހުޅަނގު އޮސްޓްރޭލިއާ އިން އިނގިރޭސިވިލާތަށް ދާން ކުރި ދަތުރު ވަގުތީ ގޮތަކަށް މެދު ކެނޑުނީ އިރާނުގެ ވެރިރަށް ތެެހެރާނުންނެވެ. ޑްރޯނު މައްޗަށް އަރުވައިގެން ރީތި ފޮޓޯތަކެއް ނަގަން އުޅެނިކޮށް އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ އިރާނުގެ ސިފައިންނެވެ. އެ މީހުން ހައްޔަރު ކުރީ އިރާންގެ އަސްކަރީ ސަރަހައްދެއް ކަމަށްވާ ޖަޖްރުދް އިންނެވެ.

2015 ވަނަ އަހަރު ނިއު ސައުތް ވޭލްސް ސްޓޭޓްގެ ކޮފީ ހާބަރސް އިން ހުޅަނގު އޮސްޓްރޭލިޔާ އަށް ދިރިއުޅުން ބަދަލުކޮށް، ދުނިޔެ ބަލާލުމުގެ ދަތުރު ފަށައިގަތުމަށް ދެލޯބިވެރިންވެސް އަދާކުރަމުން ދިޔަ ވަޒީފާ 2017 ދޫކޮށްލުމަށް ފަހު އިނގިރޭސިވިލާތަށް ދިޔައެވެ. މީގެ ދެ މަހެއް ކުރިން އިރާނުން ހައްޔަރު ކުރިއިރު އެގޭ ކުރިން އެދެމީހުން ވަނީ ޓޮޔޯޓާލޭންޑް ކްރޫޒަރ މަރުކާގެ ޖިޕެއްގައި ދުނިޔޭގެ އެންމެ ރީތީ ތަންތަން އަދި އެންމެ ހަނަފަސް ސަރައްހަދު ތަކަށް ދަތުރުކޮށްފައެވެ. އަމިއްލަ ބަދަލުތަކެއް ގެނެސްފައިވާ އެ މީހުންގެ ޖިޕު ބޯޓެއްގައި އީސްޓް ޓިމޯއަށް ދިޔުމުގެ ކުރިން އެ ދެލޯބިވެރިން ވަނީ އޮސްޓްރޭލިއާގެ އެންމެ ހަނަފަސް އެ ސަރަހައްދު ކަމަށްވާ ޕިލްބަރާ އަށް ދަތުރުކޮށްފައެވެ. އެއަށް ފަހު އެ ދެމީހުން ވަނީ އިންޑޮނޭޝިއާ، މެލޭޝިޔާ، ކެމްބޯޑިއާ، މިއަންމާ، އިންޑިއާ އަދި ނޭޕާލަށް ދަތުރުކޮށްފައެވެ. މެދުތެރޭ އޭޝިޔާގެ ކުރީގެ ސޮވިއެޓް ޔޫނިއަން ރިޕަބްލިކް އިން އިރާނަށް އެތެރެވުމާ ހަމައަށް ދެމީހުން ދިޔައީ އެމީހުންގެ ހުރިހާ ހަރަކާތްތަކެއް ޝޯޝަލް މީޑިއާ ގައި އަޕްޑޭޓް ކުރަމުންނެވެ.

ފިލިޕީންސްގައި ސްކޫބާ ޑައިވިން ކުރާ މަންޒަރާއި، ޖަޕާނުގައި ސާފިން ކުރާ މަންޒަރުތަކަކީ އެ މީހުންގެ ޝޯޝަލް މީޑިއާގައި ފާހަގަކޮށްލެވޭ މަންޒަރު ތަކެވެ. މާކް އާއި ޖޯލި ބުނާ ގޮތުން އެ ދެމީހުންގެ ބޭނުމަކީ ދަތުރުކުރަން ބޭނުންވާ މީހުން ''އިންސްޕަޔަރ'' ކޮށް ދަތުރު ކުރުމުގައި ދިމާވަ ހުރަސްތައް ނައްތާލުމެވެ. ލަންޑަނުގައި ހުންނަ އިރާނުގެ ހަބަރުތައް ގެނެސްދޭ މަނާތޯ ޗެނަލުން ބުނެފައިވާ ގޮތުން އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ ޑްރޯންތައް އަރުވަން އިރާނުގައި ހެދިފައިވާ ރަނގަޅަށް ނޭނގި ޑްރޯން އެރުވުމުންނެވެ. އިރާނުގައި ޑްރޯން އެރުވެނީ އެ ގައުމުގެ ގާނޫނު ބުނާ ގޮތުން ހާއްސާ ހުއްދައެއް ނަގައިންނެވެ. ތެހެރާންގެ ސަރުކާރުގެ އިމާރާތުގެ އިތުުރުން ސިފައިންގެ ސަރަހައްދުގައި ޑްރޯން އެެރުވުމަކީ މަނާކަމެކެވެ. އެ ގަވާއިދާ ހިލާފުވުމުން އެ ދެމީހުން ވަނީ އިރާނުން ހައްޔަރު ކޮށްފައެވެ. އެ ކުށުގެ އަދަބަކީ ހަމަސް ދުވަހު ޖަލެވެ.

އިރާނަށް ފަހު އެ ދެލޯބިވެރިން ޕްލޭން ކޮށްފައިވަނީ، މޮރޮކޯ ގައި ދުވަސް ކޮޅެއްގައި މަޑު ކުރުމަށް ފަހު ތުރުކީ ބޯޑަރު ހުރަސްކޮށް މަޑުމަޑުން އިނގިރޭސިވިލާތަށް ދިޔުމަށެވެ. އިރާނުން ހައްޔަރު ނުކުރިނިމަ އެ ދެމީހުންގެ ''ވޯލްޑް ޓުއަރ'' ނިމޭނެއެވެ. ކޮންމެ ގޮތެއް ވިޔަސް އެ ދެމީހުންގެ އިންސްޓަގްރާމް ފޮލޯކުރާ 20،000 ފޮލޯވަރުންގެ އިތުރުން އެމީހުންނަށް ހެޔޮ އެދޭ މީހުންނަށް ދެރަ ހަބަރެކެވެ. އެމީހުންގެ އުއްމީދަކީ މާކް އާއި ޖޯލިގެ ދަތުރު ނިންމާލަފައި އޮސްޓްރޭލިއާއަށް އަނބުރާ ދިޔުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް