Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 21:26
އައިމިނަތު ޝިމާ
އައިމިނަތު ޝިމާ
ފޭސްބުކް
މަރު ކޮމިޝަން
ޝިމާ ގެއްލުނު މައްސަލަ މަރު ކޮމިޝަނުގެ މެންޑޭޓުގައި ނުހިމެނޭ: ސުއޫދު
ޝިމާ ގެއްލުނީ ގެއްލިފައިވަނީ މިއަހަރުގެ ފެބްރުއަރީ 22 ގައި

ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިގެން ހޯދަމުން އަންނަ އައިމިނަތު ޝިމާގެ މައްސަލަ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެންޑޭޓުގައި ނުހިމެނޭ ކަމަށް އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ޝިމާ ގެއްލުނު މައްސަލަ މަރު ކޮމިޝަނުން ބަލާނެ ކަމަށް އުއްމީދު ކުރާކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ސުއޫދު ވިދާޅުވީ ޝިމާގެ މައްސަލައަކީ އެކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.

Advertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ ގަރާރަކުން އުފައްދަވާފައިވާ އެ ކޮމިޝަނުގެ މެންޑޭޓުގައި ހިމެނެނީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 ގެ މުއްދަތުގެ ތެރޭގައި ހިމެނޭ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އެކަމުގެ ހަގީގަތް ހޯދުމެވެ.

ޝިމާގެ މައްސަލަ މަރު ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ނުހިމެނުނީ އޭނާ ގެއްލިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވުމުންނެވެ.

ޝިމާ ގެއްލުނީ ލ.ކައްދޫއިން ފުރައިގެން އެ އަތޮޅު މާމެންދޫއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް އެ ޑިންގީގައި އޭނާއާއި އެކު ދަތުރު ކުރި އިބްރާހީމް ފަޒީލު ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
13 ސެޕްޓެންބަރ 2019 | ހުކުރު 23:00
ހަޔާތްވެސްކުޑަ
މީކީއިންސާނުން ނޫންވިޔާ އެހެންވީމަކާ ނުހިމެނޭނެނޫންބާ