Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 12:05
ޑިންގީއަށް އެހީތެރިކަން ފޯރުކޮށްދެނީ
ޑިންގީއަށް އެހީތެރިކަން ފޯރުކޮށްދެނީ
އެމްއެންޑީއެފް
ކަނޑުމަތީ ހާދިސާ
ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
މިޑިންގީގައި ހަތަރު މީހުންތިބި

ވ.އަތޮޅުން ފުރާގެން މާލެއިން ދަތުރުކުރި ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ސިއުނަޑް ނަމަކަށް ކިޔާ 20 ފޫޓްގެ ޑިންގީއެއް ފުލިދޫގެ އިރުން 12 ނޯޓިކަލް ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

Advertisement

އަދި މި ޑިންގީގައި ހަތަރު މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފްއިން ވަނީ ހުކުރު ދުވަހުގެ 9:50 ހާއިރު އެ ޑިންގީ ކ.މާފުއްޓަށް ގެންދެވިފައިވާ ކަމަށް މައުލޫމާތު ދީފައެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 5:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް