Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 09:56
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ޝުއައިބް މުހައްމަދު އިގްބާލް
ލޯކަލް ކައުންސިލް އިންތިޚާބު
150 މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ
50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ
25 މީހުން ރަޖިސްޓްރީ ކުރާ ޖަލުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ

ލޯކަލް ކައުންސިލް އިންތިޚާބުގައި 150 މީހުން ރަޖިސްޓްރީ ކުރާ، ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

Advertisement

އެ ކޮމިޝަނުން ބުދަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ 150 މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގެ އިތުރުން 50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައި އަދި 25 މީހުން ރަޖިސްޓްރީ ކުރާ ޖަލުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އެ ކޮމިޝަނުން އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓުލާ އަދަދު 700 އަށް ވުރެ އިތުރު ނުވާނޭހެން ބަދަލު ކުރުމަށް އެ ކޮމިޝަނުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ވޯޓު ފޮއްޓަށް ވޯޓު ލާ އަދަދު މަދު ކުރެވުމުން ވޯޓު ފޮށީގެ އަދަދު އިތުރުވުމުގެ އިތުރުން އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ގެ އަދަދުވެސް އިތުރު ވާނެ ކަމަށެވެ. 6000 އާއި 7000 ދެމެދުގެ އަދަދަށް އޮފިޝަލުން އިތުރުވާއިރު 178 ވޯޓު ފޮށި އިތުރަށް ބެެހެއްޓޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބް ބާއްވާނެ ސީދާ ތާރީޚެއް ކަނޑައަޅާފައިނުވި ނަމަވެސް ބާއްވާނެ ވަކި ދުވަސްވަރެެއް ކަނޑައަަޅާފައިވާ ކަމަށާއި އެގޮތުން އަންނަ އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ވަނީ ސެޕްޓެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި ބައްދަލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް