Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 23:21
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން
ރާއްޖެއެމްވީ
ފުލުހުން
ފުލުހުން ހިންގި އޮޕަރޭޝަން ނިންމާލައިފި
މިހާތަނަށް ފުލުހުން ވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީގައި 17 ތަނަކާއި 11 މީހުން ބަލާފާސްކޮށްފަ
އެއްވެސް މީހަކު މިކަމާއި ހައްޔަރު ކޮށްފައެއް ނުވޭ
ހުރިހާ ކޯޓު އަމުރުތަކެއް ތަންފީޒުކޮށް ނިމިފައިވާތީ ކަމަށް ފުލުހުން ބުނި

މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން، ފުލުހުން ހިންގި އޮޕަރޭޝަން ނިންމާލައިފިއެވެ.

ފުލުހުން ބުނީ، މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ކޮމިޝަންގެ ބޭނުމަށް، ކޯޓު އަމުރުތަކުގެ ދަށުން ފުލުހުންނަށް ހަވާލުކޮށްފައިވާ ހުރިހާ ކޯޓު އަމުރުތަކެއް ތަންފީޒުކޮށް ނިމިފައިވާތީ ފުލުހުން އަންގާރަ ދުވަހުން ފެށިގެން ހިންގަމުންދިޔަ އޮޕަރޭޝަން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މިހާތަނަށް ފުލުހުން ވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީގައި 17 ތަނެއް އަދި 11 މީހުން ބަލާފާސްކޮށްފައެވެ.

Advertisement

މި އޮޕަރޭޝަނަކީ ބަލާފާސްކުރުމުގެ އޮޕަރޭޝަނަކަށްވާއިރު މިކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސް ޑިޕާރޓްމެންޓް އަދި ޑިވިޒަނަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އަދި މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ން ވެސް ފުލުހުންނަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަ ކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް