ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ރ. މީދޫއަށް ވަޑައިގެންފިއެވެ.
ރައީސް މީދޫއަށް ވަޑައިގެންފައިވަނީ ބުދަ ދުވަހުއެވެ.
ރައީސް އޮފީހުން ބުނީ ރ.އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ރ. އަލިފުށްޓަށް ކަމަށެވެ.
އެމަނިކުފާނު އަލިފުއްޓަށް ކުރައްވާ މި ޒިޔާރަތުގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވާނެ ކަމަށާއި ރ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލިފުށީ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.